ENGLISH
13 ޖުލައި 2026
ފިނޭގައި ސަރުކާރުން ތަރައްގީކުރި ވޮލީ ކޯޓުގެ މަސައްކަތް ނިންމާލައިފި
13 ޖުލައި 2026
|
ފިނޭގައި ތަރައްގީކޮށްފައިވާ ވޮލީ ކޯޓް - ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ހދ. ފިނޭގައި ސަރުކާރުން ތަރައްޤީކުރި އައުޓްޑޯ ވޮލީކޯޓުގެ އަމަލީ މަސައްކަތްތައް މުޅިން ނިންމާލާފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މައުލޫމާތު ދިިން ގޮތުގައި، މި މަޝްރޫޢުގެ ދަށުން ތަރައްގީކުރި ވޮލީކޯޓަކީ ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ތަނެކެވެ. މިދިޔަ އަހަރުގެ މާރިޗު މަހު ބިންގާ އެޅި މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 355,141 ރުފިޔާއަށެވެ.
ފިނޭގައި ތަރައްގީކޮށްފައިވާ ވޮލީ ކޯޓް - ފޮޓޯ: އެމްޓީސީސީ
ފިނޭގެ ރައްޔިތުން ދެކޭގޮތުގައި މި އައުޓްޑޯ ވޮލީ ކޯޓަކީ ރަށުގެ އިޖުތިމާއީ އަދި ކުޅިވަރުގެ ދާއިރާއަށް ލިބުނު މުހިންމު ކުރިއެރުމެކެވެ. ކުޅިވަރަށް ލޯބިކުރާ ގިނަ ބަޔަކު ދިރިއުޅޭ މި ރަށުގައި، އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން މީގެ ކުރިން ކުރިމަތިވި ދަތިތަކަށް މިހާރު ވަނީ ހައްލެއް ލިބިފައެވެ. މި އައުޓްޑޯ ކޯޓާއެކު، ހަވީރުގެ ވަގުތުތަކުގައި ކުޅިވަރު ކުޅުމުގެ ފުރުސަތު ރަށުގެ ޒުވާނުންނާއި އާންމުންނަށް ފަހިވެވެގެންދާނެއެވެ.
ރާއްޖޭގެ އާބާދީއަކީ ދުޅަހެޔޮ، ހަށިހެޔޮ ބަޔަކަށް ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ގިނަ މަޝްރޫޢުތަކެއް އަންނަނީ ހިންގަމުންނެވެ. މިގޮތުން، ތަފާތު ކުޅިވަރު ކޯޓުތަކާއި، ފުޓްބޯޅަ ދަނޑުތަކުގެ އިތުރުން ދުވާ ޓްރެކްތައް ތަރައްޤީކުރުމުގެ މަސައްކަތް ބާރުމިނެއްގައި ކުރިއަށްދާއިރު، އާންމު ރައްޔިތުން މި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަމުންދާކަން ފާހަގަކުރެވެއެވެ.