ENGLISH
12 ޖުލައި 2026
އެކްސިޑެންޓްގައި ނިޔާވީ 39 އަހަރުގެ ދިވެއްސެއް: ފުލުހުން
12 ޖުލައި 2026
|
ފުލުހުން އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދަނީ
އެންމެ މަޤްބޫލު
ބޮޑުތަކުރުފާނު މަގުގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވެފައިވަނީ ހމ. ގޯތި ނަންބަރު 20054 (ގްރީންޕީކް) / މާލެ، އިބްރާހީމް ނާޞިޙު (39އ) ކަމަށް ފުލުހުން ބުނެފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ އޭނާ ނިޔާވެފައިވަނީ ޓްރެއިލަރ ލޮރީ ދަށުވެގެންކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ.
އަދި އުޅަނދުގެ ދަށުވާން މެދުވެރިވީ، އުޅަނދުގައި ޖެހި އެކްސިޑެންޓް ވެގެން ކަމަށް ނުބެލެވޭ ކަމަށް ވެސް ބުންޏެވެ.
އަދި ބުނީ އެކްސިޑެންޓްގެ މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
ބޮޑުތަކުރުފާނު މަގު، ދަރުބާރުގެ ކައިރީ ހިނގި މި އެކްސިޑެންޓާއި ގުޅޭގޮތުން މަންޒަރު ދުށް މީހަކު މައުލޫމާތު ދިން ގޮތުގައި ސައިކަލު އައީ ވަރަށް ބާރަށް ދުއްވާފައެވެ. އެ ސައިކަލު ކަހައިލުމާއެކު ގޮސްވަނީ ވެލި އުފުލާ ބޮޑު ޓުރަކެއްގެ ދަށަށެވެ. އަދި އޭނާގެ ބޯ ތާށިވީ އެ ޓުރަކުގެ ފަހަތުގެ ފުރޮޅުތަކުގެ ދަށުވެ އެވެ.