ENGLISH
11 ޖުލައި 2026
ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފި
11 ޖުލައި 2026
|
ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުމުގެ ތެރެއިން. ފޮޓޯ؛ އެމްއެމްޓީވީ.
އެންމެ މަޤްބޫލު
ކޮންގްރެސް ޕާޓީގެ ދާއިރާތަކުގެ އިންތިހާބު ފަށައިފިއެވެ.
މި އިންތިހާބަކީ ޕާޓީގެ ސްޓިއަރިން ކޮމިޓީތަކުގެ ރައީސުންނާއި ނައިބުރައީސުންނާއި އެކި މަގާމުތަކަށް މެމްބަރުން އައްޔަނުކުރަން ބާއްވާ އިންތިހާބެކެވެ. އަދި މި އިންތިހާބުގައި ޕާޓީގެ ދާއިރާތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ނެތް ދާއިރާތަކުގެ ދާއިރާ ރައީސުންނާއި، ޕާޓީގެ މެންބަރަކު މަޖިލީހުގައި ތަމްސީލުކުރައްވާ ދާއިރާތަކަށް ދާއިރާ ނާއިބުރައީސުން އިންތިހާބުކުރާނެއެވެ.
މި އިންތިހާބު 131 ރަށު ދާއިރާއެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ. އެއީ އިންތިހާބުކުރަން ހަމަޖެހިފައިވާ މަގާމުތަކަށް އިންތިހާބުކުރާ އަދަދަށްވުރެ ގިނައިން މީހުން ކުރިމަތިލާފައިވާ ރަށު ދާއިރާތަކެވެ.
މި އިންތިހާބު ނިމިގެންދާއިރު ޕާޓީގެ 2،000 އަށްވުރެ ގިނަ މަގާމަށް ބޭފުޅުން އިންތިހާބުކުރެވިގެންދާނެއެވެ.
އިންތިހާބު ކުރިއަށްދާނީ މިއަދު ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.
މި އިންތިހާބުގައި މާލޭގެ ދާއިރާތަކުން ވޯޓުލާނީ އަމީނިއްޔާ ސުކޫލްގައި ބެހެއްޓޭ ފޮށިތަކަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން ވޯޓުލާނީ އިސްކަންދަރު ސުކޫލުގައި ބެހެއްޓޭ ފޮށިތަކަށެވެ. ވިލިމާލެ ފޮށި މުހިއްޔިއްދީން ސްކޫލްގައި ބަހައްޓާއިރު ހުޅުމާލެ ފޮށި ހުންނާނީ ރެހެންދި ސްކޫލްގައެވެ.
ކޮންގްރެސް ޕާޓީގެ މި އިންތިހާބުގައި 20 ދާއިރާއަކަށް ރައީސުން އިންތިހާބުކުރެއެވެ.