ENGLISH

07 ޖުލައި 2026

Advertisement

ކްލަސިކް: ކުއާޓާގެ ފަހު ޖާގަތައް ބިނާރާ، ވިޒިޓް މޯލްޑިވްސް، ކުޅިވަރާ ބެހޭ ވުޒާރާ އަދި ބީސީސީއަށް

07 ޖުލައި 2026

|

އިސްމާއިލް ޝާހު

ކްލަސިކުގައި ބިނާރާ އާއި ޕީއެސްއެމް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި ހިމެނޭ ކްލަސިލް 2026 ގެ ކުއާޓާ ފައިނަލް ފަހު ޖާގަތައް އެންމެ ފަހުގެ ރަނަރަޕް ކުލަބު ބިނާރާ، ވިޒިޓް މޯލްޑިވްސް ކުލަބު، ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އަދި ކުލަބު ބީސީސީން ހޯދައިފިއެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ ކްލަސިކް މުބާރާތުގައި 19 ޓީމެއް ވާދަކުރެއެވެ. މި ޓީމުތައް ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭ، ބީ އަދި ސީގައި ފަސް ޓީމު ހިމެނެއެވެ. އަދި ގްރޫޕް ޑީގައި ހިމެނެނީ ހަތަރު ޓީމެވެ.

ކްލަސިކުގައި ވިޒިޓް މޯލްޑިވްސް އާއި ތަޢުލީމީ ގުޅުން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

މި މުބާރާތުގެ ކުއާޓާއަށް ގްރޫޕް ސީގައި ބިނާރާ ދަތުރުކުރީ ރޭ ކުޅުނު މެޗުގައި 2-1 ގެ ނަތީޖާއަކުން ޕީއެސްއެމް ބަލިކުރުމަށްފަހުއެވެ. އަދި މި ގްރޫޕުގެ އަނެއް މެޗުން ވިޒިޓް މޯލްޑިވްސް ވަނީ 3-0 ގެ ނަތީޖާއަކުން ތަޢުލީމީ ގުޅުން ބަލިކޮށްފައެވެ.

މި ނަތީޖާތަކާއެކު ބިނާރާއަށް ގްރޫޕް ސީގެ އެއްވަނަ ލިބުނީ 10 ޕޮއިންޓާއެކުއެވެ. ދެވަނަ ހޯދި ވިޒިޓް މޯލްޑިވްސްއަށް ހަތް ޕޮއިންޓް ލިބުނުއިރު، ތިންވަނައަށް ދިޔަ އެމްއެމްއޭ ސޯޝަލް ކުލަބަށް ލިބުނީ ފަސް ޕޮއިންޓެވެ. އަދި ހަތަރުވަނައިގައި ނިންމި ޕީއެސްއެމްއަށް ހަތަރު ޕޮއިންޓް ލިބުނުއިރު، ފުލަށްދިޔަ ތަޢުލީމީ ގުޅުމަށް ލިބުނީ ޕޮއިންޓެކެވެ.

ކްލަސިކުގައި ކުޅިވަރާ ބެހޭ ވުޒާރާ އާއި ފައިނޭންސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

މީގެ އިތުރުން ކުއާޓާގެ ޖާގައެއް ގްރޫޕް ޑީގައި ހިމެނޭ ކުޅިވަރާ ބެހޭ ވުޒާރާއިން ހޯދީ ރޭ ކުޅުނު މެޗުގައި ފައިނޭންސް ރެކްރިއޭޝަން ކުލަބު އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި ގްރޫޕުގެ އަނެއް މެޗުގައި ބީސީސީން ވަނީ ފަސޭހަކަމާއެކު ދިވަރު ރެކްރިއޭޝަން ކުލަބު އަތުން 9-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ކްލަސިކުގައި ހުޅުމާލެ ބީސީސީ އާއި ދިވަރު ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

މި ނަތީޖާތަކާއެކު ކުޅިވަރާ ބެހޭ ވުޒާރާއަށް ގްރޫޕް ޑީގެ އެއްވަނަ ލިބުނީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކުއެވެ. ދެވަނަ ހޯދި ބީސީސީއަށް ވަނީ ހަ ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި ނިންމި ފައިނޭންސަށް ތިން ޕޮއިންޓް ލިބުނުއިރު، ފުލަށްދިޔަ ދިވަރަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެރެއެވެ.

  • ހުޅުމާލެ ހޮސްޕިޓަލް - ބީސީސީ (20:15)
  • ސީއާރްސީ - ވިޒިޓް މޯލްޑިވްސް (20:15)
  • ކުލަބު ބިނާރާ - އެމްއީޑީޓީޓީ (22:00)
  • ކުޅިވަރާ ބެހޭ ވުޒާރާ - ކުލަބު އެވްސެކް (22:00)
ކިޔުންތެރިންގެ ހިޔާލު