ENGLISH

07 ޖުލައި 2026

Advertisement

ދުވާރުތަކުގައި އުޅަނދު ޕާކުނުކުރަން އެދިއްޖެ

06 ޖުލައި 2026

|

އަޙުމަދު ޙަމީދު

ދުވާރުމަތީގައި ގިނަ އަދަދެއްގެ ސައިކަލު ޕާކުކޮށްފައި --

ހުޅުމާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ހާއްސަކޮށްފައިވާ ދުވާރުތަކުގައި އުޅަނދު ޕާކުކުރުން އިތުރުވަމުންދާތީ، އެފަދަ ސަރަހައްދުތަކުގައި އުޅަނދު ޕާކުނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަނެއްކާ ވެސް އިލްތިމާސް ކޮށްފި އެވެ.

އެކަމަށް އިލްތިމާސްކޮށް އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ ހުޅުމާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ހާއްސަކޮށްފައިވާ ދުވާރުތަކުގައި އުޅަނދު ޕާކުކުރުން އިތުރުވަމުންދާތީ، އެފަދަ ސަރަހައްދުތަކުގައި އުޅަނދު ޕާކުނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އަދި ބުނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ފައިމަގުގައި ހިނގުމަށް ހާއްސަކުރެވިފައިވާ ދުވާރުތަކާއި ސަރަހައްދުތަކުގައި، ކުޑަކުދިންގެ ޕްރޭމާއި އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ބޭނުންކުރާ، އިންސާނީ ހަކަތަ ބޭނުންކޮށްގެން ދުއްވާ ފުރޮޅުލީ ގޮނޑި ފިޔަވައި، އެހެން އެއްވެސް ބާވަތެއްގެ އުޅަނދެއް ދުއްވުމަކީ ނުވަތަ ޕާކުކުރުމަކީ ގާނޫނީގޮތުން މަނާކަމެއްކަން ވެސް ވަނީ ހަނދާންކޮށްދީފަ އެވެ.

ހުޅުމާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ހާއްސަކޮށްފައިވާ ދުވާރުތަކުގައި އުޅަނދު ޕާކުކުރުމަކީ ބޮޑު މައްސަލަ އެކެވެ. އެކަމުން ހިނގާ ބިނގާވެ އުޅޭ މީހުންނަށް ވަރަށް ބޮޑަށް ދަތިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު