ENGLISH
05 ޖުލައި 2026
ހުއާހިން ސިކްސަސް މުބާރާތުގެ ތަށި ރާއްޖޭގެ ޓީމުން މިލްކުކޮށްފި
04 ޖުލައި 2026
|
ހުއާހިން ސިކްސަސް މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޓީމު ---
އެންމެ މަޤްބޫލު
ތައިލެންޑުގައި ބޭއްވި "ހުއާހިން ސިކްސަސް" ކްރިކެޓް މުބާރާތުގައި، ދިވެހިރާއްޖޭގެ ސީނިއަރ ކްރިކެޓަރސް ކުލަބު (އެސްސީސީ) އިން ގިނަ ކާމިޔާބީތަކެއް ހޯދައިފިއެވެ.
މިދިޔަ ޖޫން މަހުގެ 27 އިން މިއަދުގެ ނިޔަލަށް ކުރިއަށްދިޔަ މި މުބާރާތުގެ ވެޓެރަންސް ކެޓެގަރީގެ ފައިނަލަށް އެސްސީސީގެ ދެ ޓީމު ދަތުރުކުރިއިރު، ފޯރިގަދަ ކުޅުމަކަށްފަހު 6 ވިކެޓުން މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ އެސްސީސީ ޓީމު 1 އެވެ. އެއާއެކު އެސްސީސީއިން ވަނީ މުބާރާތުގެ ތަށި ވިދިވިދިގެން ތިންވަނަ ފަހަރަށް ކާމިޔާބުކޮށް، ތަށި މިލްކުކޮށްފައެވެ.
މި ފަހަރުގެ މުބާރާތުގައި ވަކިވަކި ކުޅުންތެރިން ހޯދި ކާމިޔާބީތަކަށް ބަލާއިރު، މުޅި މުބާރާތުގެ އެންމެ މޮޅު ވެޓެރަން ބޯލަރުގެ މަގާމު ތަޖުރިބާކާރު ކުޅުންތެރިޔާ އިސްމާޢީލް އަނިލް ހޯދިއިރު، އެންމެ މޮޅު ވެޓެރަން ކުޅުންތެރިޔާގެ މަގާމު ހާސިލުކުރީ މޫސާ ކަލީމެވެ. މީގެ އިތުރުން އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސީސީއަށް ކުޅުނު ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) ގެ ނައިބު ރައީސް އަޙްމަދު އިސްޙާޤު ވަނީ އެންމެ މޮޅު "ސުޕަ ވެޓެރަން" ކުޅުންތެރިޔާގެ އެވޯޑު ހޯދާފައެވެ.
ހުއާހިން ސިކްސަސް ކުރިކެޓް މުބާރާތް ކުރިއަށްދިޔައީ 35 އަހަރުން މަތި، 50 އަހަރުން މަތި އަދި 60 އަހަރުން މަތީގެ ޓީމުތައް ވާދަކުރާ ގޮތަށެވެ. މި ތިން ކެޓެގެރީގައިވެސް ރާއްޖެއިން ވާދަކުރިއިރު، ފާއިތުވެދިޔަ ދެ އަހަރު ރާއްޖޭގެ 50 އަހަރުން މަތީގެ ޓީމާއި 35 އަހަރުން މަތީގެ ޓީމު ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.