ENGLISH
02 ޖުލައި 2026
ފެރިދޫ ބަނދަރުގެ 45 އިންސައްތަ ނިންމައިފި، މަސައްކަތް ދަނީ ހަލުއިކޮށް ކުރިއަށް
02 ޖުލައި 2026
|
ފެރިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
އއ. ފެރިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބޮލާޑު ހަރުކުރުމަށްޓަކައި ކޮންނަންޖެހޭ ސަރަޙައްދުތައް ކޮނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން އިތުރަށް ބުނީ، ޓައި ރޮޑުތައް އެތުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށެވެ. މުޅި މަޝްރޫއުގެ 45 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ.
ފެރިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
މީގެ އިތުރުން ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުންވެސް މި މަޝްރޫޢުގައި ހިމެނޭ ކަމަށް އެމްޓީސީސީއިން ބުންޏެވެ. ސަރުކާރުން މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 50 މިލިއަން ރުފިޔާއަށެވެ.
ފެރިދޫގައި ބޭނުންކުރަމުން އަންނަ ބަނދަރު ކުޑަވުމަކީ، އެރަށު މީހުންގެ ޒަމާންވީ ޝަކުވާއެކެވެ. ބަނދަރުގެ މައްސަލަ ހައްލުވުމަކީ ރަށުގެ ރައްޔިތުން އެންމެ ބޭނުންވާ އެއްކަމެވެ. އެހެންކަމުން ބަނދަރު ތަރައްޤީވުމާއެކު ، މުދާ އުފުލާ ދޯނި އަދި ބޯޓުފަހަރަށް އެކަށީގެންވާ ޖާގަ ލިބި ރަށަށް އަރައި ފައިބާ މީހުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ލިބޭނެއެވެ.