ENGLISH

01 ޖުލައި 2026

Advertisement

އޮޔާދިޔަ ޗައިނާ ފަތުރުވެރިއަކު ސަލާމަތްކޮށްފި

01 ޖުލައި 2026

|

އަޙުމަދު ޙަމީދު

ފުލުހުންގެ ލޯންޗެއް

ސްނޯކްލިންގަށް ގޮސް އުޅުމުގެ ތެރޭގައި އޮޔާދިޔަ ޗައިނާ ފަތުރުވެރިއަކު ސަލާމަތް ކޮށްފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މިއަދު މެންދުރުފަހު 14:26 އެހާކަންހާއިރު، މާލެއިން ދ. ވާނީއަށް ދަތުރުކުރަމުންދިޔަ ފުލުހުންގެ "ލޯންޗް 54" އަށް، ކ. އަތޮޅު ރިސޯޓަކުން ސްނޯކްލިންގަށް ގޮސް އުޅުމުގެ ތެރޭގައި އޮޔާދިޔަ ޗައިނާ ފަތުރުވެރިއަކު ފެނިގެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ފަތުރުވެރިޔާ ފެނިފައިވަނީ ރިސޯޓާ ގާތްގަނޑަކަށް މޭލެއްހާ ބޭރަށް އޮޔާ ގޮސްފައި ވަނިކޮށެވެ.

ފުލުހުން ވަނީ އެ ފަތުރުވެރިޔާ ކަނޑުމަތިން ސަލާމަތްކޮށް، ރައްކާތެރިކަމާއެކު އަނބުރާ ރިސޯޓަށް ގެންގޮސްދީފަ އެވެ. ފަތުރުވެރިޔާގެ ހާލު ރަނގަޅު ކަަމަށްވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު