ENGLISH

01 ޖުލައި 2026

Advertisement

އީސީގެ ރައީސަކަށް ޝަކީލް އައްޔަނުކުރައްވައިފި

01 ޖުލައި 2026

|

އައިމިނަތު ޝަފާ

މުހައްމަދު ޝަކީލް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް އެ ކޮމިޝަނުގެ މެމްބަރު މުހައްމަދު ޝަކީލް އައްޔަނުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަން ކުރެއްވީ މި މަހުގެ 24ވަނަ ދުވަހުއެވެ. އީސީގެ ރައީސްކަމަށް ޝަކީލް އައްޔަން ކުރަން ރުހުންދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އަންގާރަ ދުވަހުއެވެ. އޭގެ ފަހުން އީސީގެ ރައީސްކަމަށް ޝަކީލް އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް މުއިއްޒު ފޮނުއްވެމުމުން 51 މެމްބަރުންގެ ވޯޓުން އޭނާއަށް ވަނީ ރުހުން ދީފަ އެވެ.

އީސީން މިއަދު ބުނީ ރައީސް މުއިއްޒު، އެ ކޮމިޝަނުގެ ރައީސް ކަމަށް ޝަކީލު މިއަދު އައްޔަނު ކުރައްވާފައިވާ ކަމަށެވެ.

ޝަކީލް މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަންގެ މެންބަރުގެ މަގާމު އަދާކުރައްވާފައިވެއެވެ. އެގޮތުން، 2014 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތިނަކުން 2018 ވަނަ އަހަރުގެ މޭ މަހުގެ ނުވަ ވަނަ ދުވަަހުގެ ނިޔަލަށް ކޮމިޝަނުގެ  މެންބަރުކަން ކުރައްވާފައިވާއިރު 01 ސެޕްޓެމްބަރު 2013 އިން 03 ޑިސެމްބަރު 2014 އާ ހަމައަށް އެ ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު އަދާކުރައްވާފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނަކީ ފަސް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނެކެވެ. އެ ކޮމިޝަނުގައި މިހާރު ތިއްބެވީ ޝަކީލްގެ އިތުރުން ނައިބު ރައީސް އަބްދުއްރަހުމާން ސަލާހު ރަޝީދާއި ތިން މެމްބަރުންކަމަށްވާ މެންބަރުން ހަސަން ޒަކަރިއްޔާއާއި އަބްދުލްހަސީބް އިސްމާއިލާއާއި އަލްއުސްތާޛް ރިފްއަތު އަބްދުﷲއެވެ.

ކިޔުންތެރިންގެ ހިޔާލު