ENGLISH
01 ޖުލައި 2026
އަނިޔާއިން ރަނގަޅުވެ، ސަލާހު މިސްރުގެ ފަރިތަކުރުންތަކަށް
01 ޖުލައި 2026
|
މިސްރުގެ ފަރިތަކުރުންތަކުގެ ތެރެއިން ކެޕްޓަން މުޙައްމަދު ސަލާހު --- ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
ގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއިން ރަނގަޅުވެ، އަލުން ޓީމުގެ ތަމްރީނުތަކުގައި ބައިވެރިވާން ފަށައިފިއެވެ. މިއާއެކު އަންނަ ހުކުރު ދުވަހުގެރޭ ފީފާ ވޯލްޑް ކަޕް 2026 ގެ ދެވަނަ ބުރުގައި އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅޭ މެޗަށް އޭނާ ފިޓުވާނެކަމުގެ އުއްމީދު ވަނީ ވަރަށް ބޮޑަށް އައުވެފައެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އީރާނާ ދެކޮޅަށް ކުޅެ، 1-1 ގެ ނަތީޖާއަކުން އެއްވަރުވި މެޗުގައި ސަލާހަށް އަނިޔާވެގެން ބަދަލުކުރަން ޖެހުމުން، އެމެރިކާގެ ޑަލަސްގައި ކުޅޭ ނޮކްއައުޓް ބުރުގެ މެޗުގައި އޭނާއަށް ކުޅެވޭނެތޯ ވަނީ ސުވާލު އުފެދިފައެވެ.
މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ފޭސްބުކްގައި އާންމުކުރި ފޮޓޯތަކުން ފެންނަނީ، އޮސްޓްރޭލިއާ މެޗަށް ތައްޔާރުވުމަށް ސްޕޯކޭންގައި ކުރިއަށްދާ ތަމްރީނުތަކުގައި ސަލާހު ހިނިތުންވުމާއެކު ބައިވެރިވާ މަންޒަރެވެ.
ސަލާހު އެނބުރި އައުމަކީ މިސްރު ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެ ޓީމު ނޮކްއައުޓް ބުރަށް ދަތުރުކުރީ ގްރޫޕުގެ އެއްވަނަ ހޯދި ބެލްޖިއަމާ ޕޮއިންޓުގެ ގޮތުން އެއްވަރުވެ، ލަނޑުގެ ތަފާތުން ދެވަނަ ހޯދައިގެންނެވެ. މިއީ އެ ޓީމު މުބާރާތުގެ މި މަރުހަލާއަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.
އުމުރުން 34 އަހަރުގެ ސަލާހަކީ މިސްރުގެ މި ދަތުރުގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުންދާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ މިހާތަނަށް އެއް ލަނޑު ކާމިޔާބުކޮށް، އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ.