ENGLISH
01 ޖުލައި 2026
ކޮންގްރެސްގެ ދާއިރާތަކުގެ އިންތިޚާބާ ގުޅޭ އެންމެ ފަހުގެ މަސައްކަތްތައް ޕާޓީގެ ލީޑާޝިޕުން ބައްލަވާލައްވައިފި
01 ޖުލައި 2026
|
ކޮންގްރެސްގެ ދާއިރާތަކުގެ އިންތިޚާބާ ގުޅޭ އެންމެ ފަހުގެ މަސައްކަތްތައް ޕާޓީގެ ލީޑާޝިޕުން ބައްލަވާލެއްވުން --
އެންމެ މަޤްބޫލު
ޕީޕަލްސް ނޭޝަަނަލް ކޮންގްރެސްގެ ދާއިރާތަކުގެ އިންތިޚާބުގެ އިންތިޒާމުތައް ހަމަޖެއްސެމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ޕާޓީގެ ލީޑާޝިޕުގެ ބޭފުޅުން ބައްލަވައިލައްވައިފި އެވެ.
އެގޮތުން ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަދި ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙު ވަނީ ޕާޓީގެ ދާއިރާތަަކުގެ ރައީސުންނާ ބައްދަލުކުރައްވާފަ އެވެ.
އަދި އެ ބޭފުޅުން ވަނީ ޕާޓީގެ އިންތިޚާބީ ކޮމިޓީގެ މެންބަރުންނާއި، އިންތިޚާބުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވެވަޑައިގަންނަވާ އޮފިޝަލުންނާ ބައްދަލުކުރައްވާފަ އެވެ.
ޖުލައި މަހުގެ 11 ވަނަ ދުވަހު ދާއިރާތަކުގެ އިންތިޚާބު އޮންނައިރު، އެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުވީ އިއްޔެގެ ނިޔަލަށެވެ.
ރައީސުން އިންތިޚާބު ކުރާނީ ކޮންގްރެސް ޕާޓީ ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ނެތް ދާއިރާތަކަށް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބެވި ދާއިރާތަކުގެ ރައީސުންނަކީ އެ މެމްބަރުންނެވެ.