ENGLISH

29 ޖޫން 2026

Advertisement

ދެވަނަ ބުރުގައި މިސްރު ކުޅޭ މެޗުގައި އަނިޔާގެ ސަބަބުން ސަލާހަށް ނުކުޅެވިދާނެ

28 ޖޫން 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގައި އީރާނާ ދެކޮޅަށް ކުޅުނު މެޗުގައި މިސްރުގެ ކެޕްޓަން ސަލާހު --- ފޮޓޯ: އެޕީ

މިސްރުގެ ކެޕްޓަން މުޙައްމަދު ސަލާހުގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ފީފާ ވޯލްޑް ކަޕް 2026 ގެ ދެވަނަ ބުރުގައި އޮސްޓްރޭލިއާއާ ދެކޮޅަށް އަންނަ ހުކުރު ދުވަހުގެރޭ ކުޅޭ މެޗުގައި އޭނާއަށް ކުޅެވިދާނެކަމާމެދު ސުވާލު އުފެދިއްޖެއެވެ.

އީރާނާ ދެކޮޅަށް ކުޅެ 1-1 ގެ ނަތީޖާއަކުން އެއްވަރުވި މެޗުގެ ތެރެއިން އުމުރުން 34 އަހަރުގެ ސަލާހު ބަދަލުކުރަން ޖެހުނީ ފައިގެ މަސްގަނޑަށް ތަދުވާތީއެވެ. ޓީމުގެ ޑޮކްޓަރު މުޙައްމަދު އަބޫ ވިދާޅުވި ގޮތުގައި، ސްކޭންތަކުން ދައްކާ ގޮތުން އޭނާގެ ފައިގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފައެވެ.

މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަލާހު މިހާރު ފަރުވާގެ ކަންކަން ފަށާފައިވާ ކަމަށެވެ. ނަމަވެސް އަންނަ ޖުލައި މަހުގެ ތިންވަނަ ދުވަހު ޑަލަަަސްގައި އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅޭ މެޗަށް އޭނާ ފިޓުވާނެކަމުގެ އެއްވެސް އިޝާރާތެއް އެ އިދާރާއިން ދީފައެއް ނުވެއެވެ.

"އަހަރެން ސަލާހާ ވާހަކަދެއްކިން. މާތްﷲގެ އިރާދަފުޅާއެކު މި އަނިޔާ އެހާ ސީރިއަސްއެއް ނޫން،" އީރާނު މެޗަށްފަހު މިސްރުގެ ކޯޗު ހުސާމް ހަސަން ބުންޏެވެ. "އޭނާ އަހަންނަށް ޔަގީންކަން ދިނީ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމަށާއި، މިއީ ސީރިއަސް އަނިޔާއެއް ނޫން ކަމަށް،"

ލިވަޕޫލްގެ ކުރީގެ ތަރި ސަލާހަށް މީގެ ކުރިން އޭޕްރީލް މަހުގެ ފަހުކޮޅު ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ތިން ހަފުތާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ. ނަމަވެސް އޭނާ ވަނީ ރަނގަޅުވެގެން ސީޒަނުގެ ފަހު ދެ މެޗުގައި ކުޅެފައެވެ.

ގްރޫޕް ޖީގެ ދެވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ދެވަނަ ބުރަށް މިސްރު ދަތުރުކުރިއިރު، ސަލާހު ވަނީ މިހާތަނަށް މި މުބާރާތުގައި އެއް ލަނޑު ޖަހައި، ދެ ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.

ކިޔުންތެރިންގެ ހިޔާލު