ENGLISH
27 ޖޫން 2026
ލ. ގަން ތުނޑިއަވަށު ބަނދަރު ހެދުމުގެ މަޝްރޫޢުގެ ތެރެއިން ޕްރޮފައިލިން މަސައްކަތް ކުރިއަށް
27 ޖޫން 2026
|
އެންމެ މަޤްބޫލު
މޯލްޑިވްސް ޓްރާންޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލު ކޮށްގެން ކުރިއަށްގެންދާ ލ. ގަން ތުނޑިއަވަށު ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިންް ޕްރޮފައިލިންގް މަސައްކަތް ފަށައިފިއެވެ.
އެމްޓީސީސީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ބަނދަރުގެ ޕްރޮފައިލިން މަސައްކަތް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމާއި، 488 މީޓަރުގެ ބޭރުތޮށި ލުމާއި،310 މީޓަރުގެ އެއްގަމު ތޮށިލުމާއި، 25 މީޓަރު ދިގު އަދި 3 މީޓަރުގެ ފުޅާ ބުރިޖެއް ހެދުމަށްވަނީ ނިންމާފައިވެއެވެ. އަދި މީގެ އިތުރުން 1150 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުން ހިމެނެއެވެ.
މި މަޝްރޫޢު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ ނޭޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި ބޭއްވި ރަސްމިއްޔާތުގައެވެ. މި މަޝްރޫޢުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.
މި މަޝްރޫޢުއަކީ 24.71 މިލިއަށް ރުފިޔާއަށް 365 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަސައްކަތެއްކަން ފާހަގަ ކޮށްލެވެއެވެ.