ENGLISH
26 ޖޫން 2026
ޝައިޚް އިސްމާޢީލަށް ވުރެ ވަކީން ކެތްތެރި ދެވަނަ ބޭފުޅަކު ނުދެކެން: ޝައިޚް އާދަމް ޝަމީމް
26 ޖޫން 2026
|
ޑރ. އާދަމް ޝަމީމް ބިން އިބްރާހީމް. ފޮޓޯ؛ ފޭސްބުކް
އެންމެ މަޤްބޫލު
ފަޟީލަތުއްޝައިޚް އިސްމާޢީލް މުހައްމަދުވުރެ ވަކީން ކެތްތެރި ދެވަނަ ބޭފުޅަކު ދެކިވަޑައިގެންފައިނުވާކަމަށް ވިދާޅުވެ އެމަނިކުފާނުގެ ރިވެތި އަހުލާގަށް ޑރ. އާދަމް ޝަމީމް ބިން އިބްރާހީމް ތައުރީފުކުރައްވައިފިއެވެ.
ރާއްޖޭގެ އެންމެ ފުންނާބުއުސް ދީނީ އިލްމުވެރިއެއް ކަމަށްވާ ޝައިހް އިސްމާއީލް މުހައްމަދު، އުމުރުފުޅުން 85 އަހަރުގައި މިދިޔަ އާދިއްތަ ދުވަހު ދިވެހި އުއްމަތާ ވަކިވެގެންދިޔައިރު ގިނަ ބަޔަކު އެމަނިކުފާނުގެ އަގުހުރި ހިދުމަތްތަކުގެ ޛިކުރާ ދަނީ އައުކުރަމުންނެވެ.
އެމަނިކުފާނުގެ ޛިކުރާއައުކުރުމަށް އެމްއެމްޓީވީން ގެނެސްދިން ޕްރޮގްރާމަކަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ޝައިޚް އާދަމް ޝަމީމް ވިދާޅުވީ ޝައިޚް އިސްމާޢީލަކީ ދިވެހި އުއްމަތަށް ހިދުމަތްކުރުމުގެ ލާމަސީލު މިސާލެއްކަމަށެވެ.
"އިލްމީ ކަންކަމުގައި ދައުވަތުގެ ކަންކަމުގައި އަބަދުވެސް އުޅުއްވީ، ކުރީގައި ކިޔަވާދެއްވަން އުޅުއްވީ ފަހުން ހިދުމަތުން މުސްކުޅި ކުރެއްވި ފަހުން ރާއްޖެ ވަޑައިގެން އަވަހާރަވުމާ ހަމައަށްވެސް އިލްމީ ދިރާސާގައި އުޅުއްވީ، ދައުވަތުގެ މަސައްކަތުގައި އިލްމު ފޯރުކޮށްދިނުމުގެ މަސައްކަތުގައި، ދެން ވަރަށް ކެތްތެރި ވަރަށް ހިތްވަރު ގަދަ ބޭފުޅެއް އެއީ އާދަޔާ ހިލާފަށް، ބުނެވޭނީ ޝައިޚް އިސްމާއީލް މުހައްމަދު ކަހަލަ ދެވަނަ ބޭފުޅަކު އަޅުގަނޑު ނުދެކެމޭ އެ މައިދާނަށް ބެލިޔަސް،". ޝައިޚް ޝަމީމް ވިދާޅުވިއެވެ.
ލިބިފައިވާ އިލްމެއް ފޮތެއްގެ ސިފައިގައި ލިޔުމަކީ ބުރަ، އަމާނާތްތެރި މަސައްކަތްޕުޅެއްކަން ފާހަގަކުރައްވަމުން ޝައިޚް ޝަމީމް ވިދާޅުވީ ދީނީ ދިރާސާތައް ކުރެެއްވުމާއި ފޮތް ލިޔުއްވުމުގެ މަސައްކަތްޕުޅު ޝައިހް އިސްމާއީލް ފެއްޓެވީ އެމަނިކުފާނު މުސްކުޅިކުރެއްވުމަށްފަހުގައިކަމަށެވެ.
ރާއްޖޭއިން ބޭރުގައި ކިޔަވަން ތިބި ދިވެހި ކިޔަވާކުދިންގެ މެދުގައި ޝައިހް އިސްމާއީލަށް ދެވިފައިވާ ދަރަޖައަކީ "ލޯބިވާ ބައްޕަ" ގެ ދަރަޖަކަމަށް ޝައިޚް ޝަމީމް ވިދާޅުވިއެވެ.