ENGLISH

26 ޖޫން 2026

Advertisement

އިރާގާ ދެކޮޅަށް ކުޅޭ މެޗަކީ ފައިނަލެއް: ސެނެގޯލް ކޯޗު

26 ޖޫން 2026

|

އިސްމާއިލް ޝާހު

ސެނެގޯލްގެ ކޯޗު ޕާޕޭ ބޫނާ ތިއޯ --- ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް 2026 ގައި ކުރިއަށް ދިޔުމަށް މިރޭ އިރާގާ ދެކޮޅަށް ކުޅޭ މެޗަކީ ފައިނަލް މެޗެއްގެ ގޮތުގައި ދެކިގެން ސެނެގޯލުން މޮޅުވުމަށް މަސައްކަތްކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ޕާޕޭ ބޫނާ ތިއޯ ބުނެފިއެވެ.

މި މުބާރާތުގައި އެންމެ ވަރުގަދައަށް ވާދަކުރާނެ އެއް ޓީމުގެ ގޮތުގައި ބެލެވުނު ނަމަވެސް، ގްރޫޕް އައިގައި ފްރާންސާއި ނޯވޭ އަތުން ބަލިވެ، ސެނެގޯލަށް އަދި މިހާތަނަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ކެނެޑާގެ ޓޮރޮންޓޯ ސްޓޭޑިއަމްގައި ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ތިއޯ ބުނީ، ޓީމު އޮތީ ކާމިޔާބީއަށް ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށާއި، މިއީ ޤައުމަށްޓަކައިވެސް ވަރަށް މުހިންމު މެޗެއް ކަމަށެވެ. އަދި މުބާރާތުގައި އިތުރަށް ކުރިއަށް ދިޔުމަށްޓަކައި މި މެޗުން މޮޅުވުން މަޖުބޫރު ކަމަށްވާތީ، މިއީ ސެނެގޯލާއި އިރާގަށްވެސް ފައިނަލެއް ފަދަ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

އިރާގު އަތުން މޮޅުވި ނަމަވެސް، މުބާރާތުގެ ދެވަނަ ބުރަށް ސެނެގޯލަށް ދެވޭނެކަން އަދި ކަށަވަރެއް ނުވެއެވެ. އެ ޓީމަށް ޖެހޭނީ ހުރިހާ ގްރޫޕުތަކެއްގެ ކުޅުން ނިމެންދެން މަޑުކުރާށެވެ. އެއީ 12 ގްރޫޕްގެ ތެރެއިން ތިންވަނައަށްދާ އެންމެ ރަނގަޅު 8 ޓީމުގެ ތެރޭގައި ހިމެނިގެން ފުރުސަތެއް ލިބޭތޯ ބެލުމަށެވެ.

ސެނެގޯލްގެ ޑިފެންޑަރު އިސްމާއިލް ޖެކޮބްސް ބުނީ، މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު އަމިއްލަ ބާރުގެ ދަށުގައި ނެތް ނަމަވެސް، ޓީމުން އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ހަނގުރާމަކުރާނެ ކަމަށެވެ. "ކޮންމެ ކުޅުންތެރިއަކުވެސް ބޭނުންވަނީ ވޯލްޑް ކަޕުގައި އިތުރަށް ކުޅެން. އެހެންކަމުން މިރޭގެ މެޗުގައި އަހަރެމެންގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާނަން،" އުމުރުން 26 އަހަރުގެ ކުޅުންތެރިޔާ ބުންޏެވެ.

ކޯޗު ތިއޯ އުއްމީދު ކުރަނީ ސެނެގޯލްގެ ސަޕޯޓަރުން ގިނަ އަދަދަކަށް ދަނޑަށް ހާޒިރުވެ، ޓީމަށް ހިތްވަރުދޭނެ ކަމަށެވެ. "ކޮލިފައިވުމަށްޓަކައި ސަޕޯޓަރުންގެ އެހީތެރިކަން ޓީމަށް ވަރަށް ބޮޑަށް ބޭނުންވޭ،" އޭނާ ބުންޏެވެ.

މީގެ އިތުރުން ތިއޯ ބުނީ، ސެނެގޯލަކީ މުބާރާތުގެ އެންމެ ކުރީ ސަފުގައި ގުނާލެވޭ ޓީމެއް ނަމަވެސް، މިހާރު ޓީމު ހޭލަން ޖެހިފައިވާ ކަމަށާއި، ދެން އެއްވެސް ގޯހެއް ހެދުމުގެ ފުރުސަތެއް ނެތް ކަމަށެވެ.

ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާއަކާ ގުޅިގެން، ސެނެގޯލްގެ އެއްވަނަ ގޯލްކީޕަރު އެޑޮއާޑް މެންޑީ މި މެޗުގައި ނުކުޅޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު