ENGLISH
26 ޖޫން 2026
އުފާވެރި ހަބަރެއް، ޝައިހް އިސްމާއީލްގެ ކީރިތި ޤުރުއާނުގެ ތަރުޖަމާގެ ފުރަތަމަ ޗާޕް ދެން ލަހެއް ނުވާނެ
26 ޖޫން 2026
|
ޝައިހް އިސްމާއީލް މުހައްމަދު
އެންމެ މަޤްބޫލު
ރާއްޖޭގެ އެންމެ ފުންނާބުއުސް ދީނީ އިލްމުވެރިއެއް ކަމަށްވާ ޝައިހް އިސްމާއީލް މުހައްމަދުގެ އެންމެ މުހިންމު އިލްމީ މަސައްކަތްޕުޅު "التفسير الميسر" (އައްތަފްސީރުލް މުޔައްސަރު) ނުވަތަ ކީރިތި ގުރުއާނުގެ ދިވެހި ތަރުޖަމާގެ ފުރަތަމަ ޗާޕް ނެރުމުގެ މަސައްކަތުގެ ބޮޑު ބައި ނިމިފައިވާކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ދީނީ ހިދުމަތުގައި އުމުރުގެ ބޮޑުބައެއް ހޭދަކުރެއްވި ޝައިޚް އިސްމާއީލް ދިވެހިންނަށް ދީނުގެ އިލްމު އުނގަންނަވައިދެއްވަން ގެންގުޅުއްވި އިސްރާޖީ ވިސްނުމަކީ މީހަކު ހައިރާންވާހާ މޮޅު ވިސްނުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ޝައިޚް އިސްމާޢީލް މުޙައްމަދު، މަދީނާ ޔުނިވާސިޓީން ދަސްވެނިވެވަޑައިގަތުމަށްފަހު މާލެއަށް ވަޑައިގެން، ދިވެހި ކުދިންނަށް ޢަރަބިބަހުން އިސްލާމްދީން އުނގަންނަވައިދެއްވުމަށްޓަކައި "މަދަރުސާ ޠައިބާ"ގެ ނަމުގައި މަދަރުސާއެއް އުފެއްދެވިއެވެ.
ވަޒީރު ޝަހީމް އެމްއެމްޓީވީއަށް ބަސްދީގަތުން ދެއްވަނީ، ޝައިޚަކީ އަހުލާގީ ގޮތުން އެއްވަނަ ކަމަށް ވިދާޅުވި.
މިކަމަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ޠައިބާ މަދަރުސާ ބަންދުކޮށް ޝައިޚްގެ މަސައްކަތްޕުޅަށް އެކިފަހަރު އެކި ފިއްތުންތައް ކުރިމަތިވިކަމުގައިވިޔަސް ދުވަހަކުވެސް އެކަމާ ގުޅިގެން މީހަކާ ދިމާލަށް ބަހެއް ވިދާޅުވެފައިނުވާކަމަށެވެ.
" އެއީ އެންމެ ރީތި އަހުލާގް، ސަރުކާރުން އެތަން އޭރު ބަންދުކުރީމަ ސަރުކާރާ ދިމާލަށްވެސް އެކައްޗެކޭ ވެސް ވިދާޅެއްނުވޭ، މި ޒަމާނުގައިނަމަ ވަރަށް ގިނަ ކަންކަން ހިނގާނެ، ދެން ކުރެއްވި މަސައްކަތްޕުޅަކީ ރާއްޖޭގެ ދަރިވަރުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ކިޔަވާދެއްވަންފެއްޓެވީ، އޭގެ ސަބަބުން 100 އެތައް ބޭފުޅުންނެއް އިލްމު ހާސިލްކޮށްގެން ރާއްޖޭގެ އެކި ދާއިރާތަކުން އޭބޭފުޅުން އެކި މަގާމުތަކުން އެބަ ފެނޭ،". ވަޒީރު ވިދާޅުވިއެވެ.
ދީނީ ދައުވަތުގެ ދާއިރާއިންގޮސް ސިޔާސީ ދާއިރާއަށް ބެލި ނަމަވެސް ޝައިޚްގެ ދީލަތިކަމުން ތައުލީމު އުނގެނުނު އެތައް ދަރިވަރުންނެއް ފެނިގެންދާނެކަމަށް ވިދާޅުވިއެވެ.
ޝައިހް އިސްމާއީލް މުހައްމަދު ރައީސްގެ އަރިހުގައި: ފޮޓޯ/ ރައީސް އޮފީސް
ޝައިޚަކީ ދުވަހަކުވެސް މީހަކަށް ބަރު ބަހެއް ވިދާޅުވި ބޭފުޅެއް ނޫންކަމަށް ވިދާޅުވެ އެމަނިކުފާނަކީ އަބަދުވެސް މީހުންނާމެދު ހެޔޮ ބަސް ވިދާޅުވާ ހުލްގު ހެޔޮ ބޭފުޅެއްގެ ގޮތުގައި ވަޒީރު ޝެއިޚް ސިފަކުރެއްވިއެވެ. ޝެއިޚުގެ އަހުލާގީ މާތް ސިފަތަކުގެ ސަބަބުން އެމަނިކުފާނުވީ އެބޭފުޅެއްގެ ބަސް ދިވެހިންގެ ތެރޭގައި ވިކޭ މަދު ބޭފުޅުންގެ ތެރެއިންކަމަށް ވަޒީރު ވިދާޅުވިއެވެ.
ޝައިޚަކީ މީހުން ނަމޫނާއަކަށް ބަލަންޖޭހޭ ފަދަ ޝަހުސިއްޔަތެއްކަމަށް ވިދާޅުވެ ވަޒީރު ވިދާޅުވީ ޝައިޚްގެ ވަކިވުމަކީ ދިވެހިން އުއްމަތަށް ގެއްލުނު އަގު ބޮޑު ޖަވާހިރެއްކަމަށެވެ.