ENGLISH

26 ޖޫން 2026

Advertisement

ފަންނީ އުފެއްދުންތަކުގެ ޑިޖިޓަލް މާކެޓްޕްލޭސް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ފަށައިފި

26 ޖޫން 2026

|

ހަނާން އަހުމަދު ނައީމް

ވީއެމްސީ އާއި ޕީއެސްއެމް އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން-

ފަންނީ އެކި އެކި އުފެއްދުންތަކަށް ހާއްސަކޮށްގެން ދިވެހިރާއްޖޭގައި އުފައްދާފައިވާ ޑިޖިޓަލް މާކެޓްޕްލޭސް "ކްރިއެޓޯލް" އިތުރަށް ހަރުދަނާކުރުމަށް ޕީއެސްއެމް އާއި ވިޒިޓް މޯލްޑިވްސް އެކު މަސައްކަތް ފަށައިފިއެވެ.

އެގޮތުން، ޕީއެސްއެމް އާއި ވިޒިޓް މޯލްޑިވްސްގެ ފަރާތުން ވަނީ ޕާޓްނާޝިޕެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން ޕީއެސްއެެމްގެ މުއްސަނދި އޯޑިއޯ ވިޝުއަލް އަރުޝީފާއި މީޑިއާ ވަސީލަތްތައް ކްރިއެޓޯލް ތެރެއަށް އިންޓަގްރޭޓް ކުރެވިގެންދާނެއެވެ.

މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ތަސްވީރުތައް، ސަގާފަތް އަދި އުފެންދުންތައް އެއްތަނަކުން ފެންނާނެ ޕްެލެޓްފޯމެއް ގާއިމުވެގެންދާނެއެވެ.

މި އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީއެވެ. އަދި ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބުއެވެ.

ވީއެމްސީން ބުނީ، މި އިސްނެގުމުގެ ދަށުން، ޕީއެސްއެމްގެ އަރުޝީފުގައި ހުރި އަދި މިހާރުގެ މީޑިއާ ތަކެތީގެ ތެރެއިން ހޮވާލެވޭ ފޮޓޯގްރަފީ، ޑޮކިއުމެންޓްރީ، ތާރީޚީ ފޫޓޭޖް، އިންޓަވިއު އަދި ސަގާފީ ލިޔެކިޔުންތައް ކްރިއޭޓޯލް ޕްލެޓްފޯމަށް ފޯރުކޮށްދެވޭނެކަމަށެވެ.

މީގެ އިތުރުން، ގިނަ އަހަރުތަކެއްވީ ދިވެހި ތާރީޚާއި، ތަރިކަ ދައްކުވައިދޭ މި ތަކެތި ސިސްޓަމެޓިކްކޮށް ބަލަހައްޓައި، އަސްލު ދިވެހި އުފެއްދުންތައް ބޭނުންވާ ފަރާތްތަކަށާއި ގަންނަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލިބޭނެ ހާއްސަ ޑިޖިޓަލް މާކެޓްޕްލޭސްއެއްގެ ގޮތުގައި އެ ޕްލެޓްފޯމް ގާއިމްކުރެވޭނެކަމަށް ވީއެމްސީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު