ENGLISH

26 ޖޫން 2026

Advertisement

ކޮލިފައިންގެ ފަހު މެޗުން ދިއްދުއަށް ފަސޭހަ މޮޅެއް

25 ޖޫން 2026

|

އިސްމާއިލް ޝާހު

ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިންގައި ދިއްދޫ އާއި ބިސް ބުރު ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިން ބުރުގައި ކުޅުނު ފަހު މެޗުން ހއ. ދިއްދޫ ފަސޭހަ މޮޅެއް ހޯދައިފިއެވެ. ޤައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުން ދިއްދޫ މޮޅުވީ ބިސް ބުރު ސްޕޯޓްސް ކުލަބު އަތުން 6-2 ގެ ނަތީޖާއަކުންނެވެ.

މިދިޔަ އަހަރު އަލަށް ތައާރަފުކުރި ފުޓްބޯޅައިގެ އައު އޮނިގަނޑުގެ ދަށުން، ރާއްޖޭގެ ހަތަރު ރީޖަންގެ ޗެމްޕިއަނުން ހިމެނޭހެން ކުރިއަށްދިޔަ ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިން ބުރުގައި ވާދަކުރީ ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގދ. ގައްދޫ، ސެންޓްރަލް ރީޖަން ލީގުގެ ޗެމްޕިއަން ކ. ހުރާ، ނޯތު ރީޖަން ލީގުގެ ޗެމްޕިއަން ހއ. ދިއްދޫ، މާލެ ރީޖަން (ދެވަނަ ޑިވިޝަން) ގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކުލަބުގެ އިތުރުން ނިމިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ހަތްވަނަ އާއި އަށްވަނަ މަގާމުގައި ނިންމާލި ދެ ޓީމު ކަމަށްވާ ޓީސީ ސްޕޯޓްސް ކުލަބާއި، ކުލަބު ގްރީން ސްޓްރީޓްސްއެވެ.

ކޮލިފައިންގައި ވާދަކޮށް  ޓީސީން ދިވެހި ޕްރިމިއަރ ލީގުގެ ޖާގަ ދެމެހެއްޓިއިރު، ބިސް ބުރު، ދިއްދޫ އަދި ގައްދޫ ވަނީ ދިވެހި ޕްރިމިއަރ ލީގަށް އަލަށް ކޮލިފައިވެފައެވެ.

ކޮލިފައިންގައި މިރޭ ކުޅުނު މެޗުގައި ދިއްދޫގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ޝަނާއު ނަސީރު، ޑަންޖޫމާ، ބެނާޑް އަދި ޔޫސިފް އަައްފުލެވެ. މީގެ ތެރެއިން ޝަނާއު އާއި ޔޫސިފް ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖަހާފައެވެ. މި މެޗުގައި ބިސް ބުރުގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ އަލީ އަހުސަނެވެ.

މިރޭގެ މެޗާއެކު ކޮލިފައިން ބުރު ނިމިގެންދިޔައިރު، އެއްވަނައިގައި އޮތް ޓީސީ އާއި، ދެވަނައިގައި އޮތް ބިސް ބުރު އަދި ތިންވަނައިގައި އިތް ދިއްދުއަށް ވަނީ 10 ޕޮއިންޓް ލިބިފައެވެ. އަދި ހަތަރުވަނަ ހޯދި ގައްދުއަށް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ތާވަލުގެ ފަސްވަނައިގައި އޮތް ގްރީން ސްޓްރީޓްސްއަށް ދެ ޕޮއިންޓް ލިބުނުއިރު، ފުލުގައި އޮތް ހުރާއަށް ލިބިފައިވަނީ ޕޮއިންޓެކެވެ.

ކިޔުންތެރިންގެ ހިޔާލު