ENGLISH

26 ޖޫން 2026

Advertisement

ބޮޑުތަކުރުފާނުމަގު ފުޅާާކުރުމުގެ މަސައްކަތުގައި ޕާކިންއަށް ޚާއްސަ އިސްކަމެެއް

26 ޖޫން 2026

|

އަޙުމަދު ޙަމީދު

މިރޭގެ ޕްރަގްރާމްގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ --

ބޮޑުތަކުރުފާނުމަގު ފުޅާާކުރުމުގެ މަސައްކަތުގައި ޕާކިންއަށް ޚާއްސަ އިސްކަމެެއް ދެއްވާ ކަމަށާ މުޅި މަޝްރޫޢު ނިމުމުން މާލެތެރެއަށް ވަރަށް ބޮޑަށް ލުއިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

މިރޭ ގެނެސްދިން "ނޭޝަން ޗެޓް"ގެ ދެވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބޮޑުތަކުރުފާނުމަގު ފުޅާާކޮށް ތަރައްޤީ ކުރުމަކީ ވަރަށް ބޮޑަށް ބޭނުންފުޅުވި ކަމެއް ކަމަށެވެ.

އެ މަސައްކަތް ފުރަތަމަ ފެށުނީ އެމަނިކުފާނު ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރުކަން ފާހަގަކޮށް އޭގެ ފަހުން އެ މަސައްކަތް ހުއްޓުނުކަން ފާހަގަކޮށް ރައީސް ވިދާޅުވީ މިހާރު ފެށިފައިވާ މަޝްރޫޢު ނިމުމުން މާލެތެރެއަށް ވަރަށް ބޮޑަށް ލުއިވެގެންދާނެ ކަމަށެވެ.

ބޭރު މަގު ފެންވަރު ރަނގަޅަށް ތަރައްޤީ ކުރެވި ޕާކުކުރެވޭނެ ރަނގަޅު އިންތިޒާމެއް ހަމަޖެހިއްޖެނަމަ ޓްރެފިކާއި މަގުތައް ބޭނުންކުރާ މީހުންނަށްވެސް ވަރަށް ބޮޑަށް ފަސޭހަވާނެ ކަން ރައީސް ފާހަގަކުރެއްވި އެވެ.

"މިއީ އަޅުގަނޑު ވަރަށް ކުރީއްސުރެ ބޭނުންވި ކަމެއް. އަޅުގަނޑު ދެކެނީ މި މަސައްކަތް ނިމުމުން މާލޭގެ ޓްރެފިކް މައްސަލައަށް ވަރަށް ބޮޑު ހައްލެއް އަންނާނެ ކަމަށް،"

ޕާކިންއަށް އިސްކަމެއް

ރައީސް ވިދާޅުވީ މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލު ކުރުމަކީ އެމަނިކުފާނު ވަރަށް އިސްކަން ދެއްވާ ކަމެއް ކަމަށެވެ.

ބޮޑުތަކުރުފާނުގެ މިހާރު ހަދަމުންދާ ބައި ނިމޭއިރު އެ ސަރަޙައްދުގައިވާ ހުރިހާ އޮފީސްތަކާއި ބެންކަށްދާ މީހުންނަށް ޕާކުކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވިދާޅުވި އެެވެ.

"މަގުގައި އެއްވެސް މީހަކު ޕާކެއް ނުކުރާނެ. މަގު އޮންނާނީ ފުލްކޮށް ދެ ލޭނު ދެކޮޅަށް. މަގުން ބޭރަށް މި ނެރޭ ބައިގައި ޕާކުކޮށްފައި. އެހެންވީމަ ޕާކިން މައްސަލަ ރަނގަޅަށް ހައްލުވާ ގޮތަށް މަގު ހެދިގެން ދިޔައީމަ މާލޭތެރެއަށް ވަރަށް ލުއިވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު