ENGLISH
17 ޖޫން 2026
ދަތުރުވެރީންނަށް ފަސޭހައެއް: ފުވައްމުލަކު ސިޓީ އެއަރޕޯޓްގައި އޭޓީއެމެއް ބަހައްޓައިފި
17 ޖޫން 2026
|
ފުވައްމުލަކު ސިޓީ އެއަރޕޯޓްގައި އޭޓީއެމެއް ބެހެއްޓުން --
އެންމެ މަޤްބޫލު
ފުވައްމުލަކު ސިޓީ އެއަރޕޯޓްގައި އޭޓީއެމެއް ބަހައްޓައި ޚިދުމަތް ދޭން ފަށައިފި އެވެ.
ދިވެހި ޤައުމީ ބެންކު -- ބެންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ބުނީ އެ ބެންކުގެ އޭޓީއެމެއްް، ފުވައްމުލަކު ސިޓީ އެއަރޕޯޓްގައި ބަހައްޓައި ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.
މި އޭޓީއެމާއެކު އެ ސިޓީގައިވާ ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ހަތަރަކަށް އެރީ އެވެ. އެ ސިޓީގައި ބީއެމްއެލްގެ ދިވެހި ރުފިޔާ ތިން އޭޓީއެމާއި ޑޮލަރު އޭޓީއެމެއްގެ ޚިދުމަތް ދަނީ ދެމުންނެވެ.
ޤައުމީ ބެންކުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ ދަނީ ޚިދުމަތް ދެމުންނެވެ. އަދި 70 ރަށެއްގައި ޑޮލަރު އޭޓީއެމް ބަހައްޓާ ޚިދުމަތް ދަނީ ދެމުންނެވެ.