ENGLISH
16 ޖޫން 2026
ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙް، އަމިއްލަފުޅު ގޯތީގައި ބިނާކުރެއްވީ މިސްކިތެެއް
16 ޖޫން 2026
|
ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙް، އަމިއްލަފުޅު ގޯތީގައި ބިނާކުރެއްވީ މިސްކިތް ހުޅުވުން --
އެންމެ މަޤްބޫލު
ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޯތީގައި މިސްކިތެއް ބިނާ ކުރައްވައިފި އެވެ.
އައްޑޫ ސިޓީގެ ހުޅުދޫގައި ޞާލިޙް ބިނާ ކުރެެއްވި މިސްކިތް "މަސްޖިދު ޒުލައިޙާ މުޙައްމަދު" މިއަދު ވަނީ ރަސްމީކޮށް ހުޅުވާފަ އެވެ.
އެ މިސްކިތް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ.
މިއަދު ހަވީރު އައްޑޫ ހުޅުދޫގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި މުޙައްމަދު ޞާލިޙުއާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން ބައިވެރިވަޑައިގެންފައިވެ އެވެ.
މި މިސްކިތް ހުޅުވުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވަނީ، އޮނަރަބަލް މުޙައްމަދު ޞާލިޙުގެ އަމިއްލަ ގޯތި މާތް ﷲ އަށްޓަކައި ވަޤްފުކޮށް މިސްކިތެއް ބިނާކުރެއްވިކަމަށްޓަކައި އެކަން ފާހަގަކުރައްވާފަ އެވެ. އަދި މިއީ އަދުގެ ޒުވާން ޖީލަށް އޮތް ވަރަށް ރަނގަޅު ފިލާވަޅެއްކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
މި މިސްކިތަކީ 200 މީހުންގެ ޖާގައިގެ މިސްކިތެކެވެ.