ENGLISH
16 ޖޫން 2026
އެސްޓީއޯގައި ފިޔާ އެބަހުރި، ކިލޯއެއް 13 ރުފިޔާއަށް
16 ޖޫން 2026
|
އެސްޓީއޯގެ މުވައްޒިފުންތަކެއް މަަސައްކަތުގައި --
އެންމެ މަޤްބޫލު
އެސްޓީއޯގައި ފިޔާ އެބަހުރި ކަމަށާ ފިޔާ ކިލޯއެއް 13 ރުފިޔާއަށް ވިއްކަމުންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެ ކުންފުނިން މިހެން ބުނީ ފިޔާ ލިބުމުގައި ދަތި ކަމެއް އުޅޭ ކަމަށާއި އަގުބޮޑުކޮށް ފިޔާލިބޭކަމުގެ މައުލޫމާތު ސޯޝަލް މީޑިއާގެ އެކި މަންސަތަކުން ލިބެމުންދާތީ އެކަން ސާފުކޮށްދީ މީޑިއާތަކަށް ފޮނުވި މެސެޖެއްގަ އެވެ.
އެސްޓީއޯ އިން ބުނީ ކުރިއެކޭ އެއްގޮތަށް އެސްޓީއޯގައި ފިޔާ އެބަހުރި ކަމަށެވެ. އަދި އެސްޓީއޯ އިން ފިޔާ ވިއްކަމުންދާ އަގަކީ ކުރިންވެސް ވިއްކަމުންދިޔަ އަގު ކަމަށްވާ 13ރ އަށް ކިލޯއެއް ކަމަށް ވެސް ބުންޏެވެ.
މީގެ އިތުރުން މިއަންނަ ހަފްތާގައި ހޯލްސޭލްކޮށް ފިޔާ ދޫކުރަން ފަށާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި އެސްޓީއޯގެ ރީޖަނަލް ފިހާރަތަކަށް ވެސް ފިޔާ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ޓަކައި އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށްވެސް ބުންޏެވެ.