ENGLISH

13 ޖޫން 2026

Advertisement

މީދޫ ކައުންސިލު ރައީސް ހޮވުމުގެ އިންތިހާބުގެ ވޯޓުލުން ނިންމައި ވޯޓު ފޮށިތައް ބަންދުކޮށްފި

13 ޖޫން 2026

|

ޝިފްޒާން އަޙްމަދު

މީދޫ ކައުންސިލު ރައީސް ހޮވުމުގެ އިންތިހާބުގެ ވޯޓުލުމުގެ ތެރެއިން، ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ދ.މީދޫ ކައުންސިލު ރައީސް ހޮވުމުގެ އިންތިހާބުގެ އިތުރުބުރުގެ ވޯޓުލުން ނިންމަައި ހުރިހާ މަރުކަޒެއްގައި ހުރި ވޯޓުލާ ފޮށިތައް ބަންދުކޮށްފިއެވެ. 

ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކުރިއަށްގެންދިޔަ ވޯޓުލުމުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އާބާދީގެ ބޮޑު އިންސައްތައެއް ބައިވެރިވެފައިވެއެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ހިސާބުތަކަށް ބަލާއިރު ވޯޓުލުމުގެ އެންމެ ފަހު ވަގުތު ހަމަވުމަށް ގަޑިއިރަކަށްވީއިރު ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 85 އިންސައްތަ މީހުން ވޯޓުލާފައިވެއެވެ. 

މި އިންތިހާބުގައި 1،049 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 483 އަންހެނުންނާއި 566 ފިރެހުންނެވެ. މިހާތަނށް 890 މީީހަކު އިންތިހާބުގައި ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ. ވޯޓުނުލަނީ 159 މީހުންނެވެ. 

ވޯޓުލީ މީހުންގެ ތެރެއިން 398 މީހުންނަކީ އަންހެނުންނެވެ. އަދި 492 ފިރިހެނުން މިހާތަނަށް ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ. 

އިލެކްޝަންސް ކޮމިޝަނުގެ މީޑިޔާ އޮފިޝަލު ދާދި ދެންމެއަކު ވިދާޅުވި ގޮތުގައި ވޯޓުލާ ހުރިހާ މަރުކަޒުތަކެއްގައި ވޯޓުލައި ނިމި މިހާރު ވޯޓު ފޮށިތައްވަނީ ބަންދުކޮށްފައެވެ. ވޯޓު ފޮށިތައް ބަންދުކުރާތާ ބައިގަނޑިއިރުގެ ތެރޭގައި ވޯޓު ގުނަން ފަށާނެއެވެ. 

މި އިންތިހާބުގައި ވާދަކުރައްވަނީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓުގެ އިތުރަށް މޯލްޑިވްސް ޑިމޮކްރެޓިކް އެލައިންސް (އެމްޑީއޭ)ގެ ކެންޑިޑޭޓެވެ. 

ކިޔުންތެރިންގެ ހިޔާލު