ENGLISH

13 ޖޫން 2026

Advertisement

ހުޅުމާލޭ ފުލޫ ކްލިނިކުން ފަސް ދުވަސް ތެރޭ 196 މީހަކު ފަރުވާ ހޯދައިފި

13 ޖޫން 2026

|

ޝިފްޒާން އަޙްމަދު

ހުޅުމާލޭ ހޮސްޕިޓަލް

ހުޅުމާލޭގައި ހައްޖުވެރިންނަށް ހާއްސަކޮށްގެން ގާއިމުކުރި ފްލޫ ކްލިނިކުން ފާއިތުވި ފަސް ދުވަހުގެ ތެރޭގައި 196 މީހަކު ފަރުވާ ހޯދައިފިއެވެ. 

ހުޅުމާލޭ ހޮސްޕިޓަލުގެ މީޑިޔާ އޮފިސަރު މީޑިޔާއާ މައުލޫމާތު ހިއްސާކުރަމުން ބުނީ މި މަހުގެ ހަވަނަ ދުވަހުން ފެށިގެން ދިހަވަނަ ދުވަހުގެ ނިޔަލަށް އެ ކްލިނިކުން 196 މީހަކު ފަރުވާ ހޯދާފައިވާ ކަމަަށެވެ. އޭނާވަނީ ވަކިވަކިން ކޮންމެ ދުވަހަކު ފުލޫ ކުލިނިކުން ފަރުވާ ހޯދި މީހުންގެ ހިސާބުތައް ހިއްސާކުރައްވާފައެވެ. 

އެގޮތުން މި މަހުގެ ހަވަނަ ދުވަހު 11 ބަލިމީހަކު ފްލޫ ކްލިނިކަށް ޒިޔާރަތްކުރިއިރު، ހަތްވަނަ ދުވަހު 28 ބަލިމީހުން އަދި އަށްވަނަ ދުވަހު 45 ބަލިމީހުން އަދި ނުވަވަނަ ދުވަހުގައި 47 ބަލިމީހުން ފްލޫ ކްލިނިކުން ފަރުވާ ހޯދިއެވެ. އެންމެ ގިނަ އަދަދަކަށް ބަލިމީހުން ކްލިނިކަށް ޒިޔާރަތްކުރި ދުވަަހަކީ މި މަހުގެ ދިހަވަނަ ދުވަހެވެ. އެ ދުވަހު ޖުމްލަ 65 މީހަކު ފްލޫ ކްލިނިކުން ފަރުވާ ހޯދިއެވެ. 

ހުޅުމާލެ ހޮސްޕިޓަލުގެ މައި ކައުންޓަރާ ދިމާލުގައި ހުންނަ މި ކްލިނިކުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރު 14:00 އިން ރޭގަނޑު 22:00 އަށް ހިދުމަތް ފޯރުކޮށްދެއެވެ. މި ކްލިނިކުން ހިދުމަތް ހޯދުމަށްދާ ހައްޖުވެރިން ހިދުމަތް ހޯދުމަށް ދާންވާނީ މާސްކު އަޅައިގެން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެެ. 

ހައްޖުން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައުމާއި، ކެއްސުމާއި، ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ހައްޖުވެރިން ގެޔަށް ދިޔުމަށް ފަހު ހާއްސަކޮށް މާބަނޑު މީހުން ފަދަ ބަލީގެ ހާލަތު ގޯސްވެދާނެ މީހުން ނުވަތަ ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުން ގޭގައި ތިބިނަމަ، އެ މީހުންނާ ގާތް ނުވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. 

މި އަހަރު ދިވެހިރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަ ޙައްޖުވެރިންގެ ތިން ވަނަ ގްރޫޕް މިހާރު ރާއްޖެ އައިސްފައިވާއިރު ފަހު ގްރޫޕް އަންނާނީ މިރޭ ދަންވަރުގެ ވަގުތެއްގައެވެ. 

ކިޔުންތެރިންގެ ހިޔާލު