ENGLISH

13 ޖޫން 2026

Advertisement

ދ. މީދޫ ރައީސް ހޮވުމުގެ ވޯޓު: 64 އިންސައްތަ މީހުން ވޯޓު ލައިފި

13 ޖޫން 2026

|

އައިމިނަތު ޝަފާ

މިއަދު ކުރިއަށްދާ ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ ވޯޓުލުމުގައި މިއަދު މެންދުރުފަހު 1 ޖެހުމާ ހަމައަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 64 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

ކޮމިޝަނުން އާއްމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން މިހާތަނަށް ޖުމްލަ 671 މީހުން ވޯޓުލާފައިވެއެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 64 އިންސައްތައެވެ. ވޯޓުލާފައިވަނީ 379 ފިރިހެނުންނާއި 292 އަންހެނުންނެވެ. 

ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ އިންތިހާބުގައި 1049 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބެއެވެ. އެއީ 483 އަންހެނުންނާއި 566 ފިރިހެނުންނަށެވެ.

މި އިންތިހާބުގައި ވާދަކުރަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ ކެނޑިޑޭޓް ސުހާ އިބްރާހީމްއާއި މޯލްޑިވިއަން ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ކެނޑިޑޭޓް މުހައްމަދު ޝާހިދެވެ.

އިންތިހާބުގެ ވޯޓުލުން މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު