ENGLISH

13 ޖޫން 2026

Advertisement

ކެނެޑާގެ ވިސާ ނުލިބޭތީ ގާނާގެ ޕާޓޭއަށް ފުރަތަމަ މެޗު ގެއްލޭނެ

13 ޖޫން 2026

|

ސުވެއިދާ ހުސެއިން

ގާނާގެ ތޯމަސް ޕާޓޭ: ވިސާ ނުލިބުމުގެ ސަބަބުން ގާނާގެ ފުރަތަމަ މެޗުގައި ބައިވެރިނުވެވޭނެ --

ކެނެޑާއަށް އެތެރެވާން ވިސާ ނުލިބުމުގެ ސަބަބުން ފީފާ ވޯލްޑް ކަޕް 2026 ގައި ޕެނަމާއާ ދެކޮޅަށް ކުޅޭ މެޗުގައި ގާނާގެ ތޯމަސް ޕާޓޭއަށް ނުކުޅެވޭނެ ކަމަށް ފީފާއިން ބުނެފިއެވެ.

ފީފާއިން ބުނެފައިވަނީ ކެނެޑާ ސަރުކާރުން ވީސާ ދޫނުކުރުމާ ގުޅިގެން، ޖޫން 17 ވާ ބުދަ ދުވަހު ޕެނަމާއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗަށް ދިޔުމަށް، ގާނާގެ މިޑްފީލްޑަރު ތޯމަސް ޕާޓޭއަށް ދަތުރު ނުކުރެވޭ ކަމަށެވެ. އޭނާ މިވަގުތު ހުރީ  އެމެރިކާގެ ބޮސްޓަންގައި ހުރި ގާނާގެ ކޭމްޕުގައެވެ.

މި ފަހަރުގެ ވޯލްޑް ކަޕުގައި ގައުމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ވިސާ ނުލިބުމުގެ މައްސަލަތައް އަންނަނީ ކުރިމަތިވަމުންނެވެ. މިކަމުގައި ފީފާއިން ބުނެފައިވަނީ ގައުމުތަކުގެ އިމިގްރޭޝަން ކަންކަމާއި، ވިސާ ދޫކުރުމުގެ ނިންމުންތަކުގެ ތެރެއަށް ފީފާއިން އަތްނުބާނާނެ ކަމަށެވެ.

ޕާޓޭގެ ވިސާ މައްސަލައިގައި ކެނެޑާގެ ސަރުކާރުން އަދި ބަހެއް ބުނެފައެއް ނުވެއެވެ.

ޕެނަމާ މެޗަށް އޭނާއަށް ނުދެވުނު ނަމަވެސް، ގްރޫޕް އެލްގައި ދެން ކުޅޭ މެޗުތަކުގައި އޭނާއަށް ބައިވެރިވެވޭނެއެވެ. އެއީ އެމެރިކާގެ ބޮސްޓަންގައި އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗާއި، ފިލަޑެލްފިއާގައި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ.

ކުރިން އާސެނަލްއަށް ކުޅުމަށްފަހު މިހާރު ވިޔަރެއާލްއަށް ކުޅެމުންދާ އުމުރުން 32 އަހަރުގެ ޕާޓޭގެ މައްޗަށް، އިނގިރޭސިވިލާތުގައި ރޭޕްކުރުމާއި ޖިންސީ ގޯނާގެ ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ. ނަމަވެސް އޭނާ ވަނީ އެ ހުރިހާ ތުހުމަތުތަކަކަށް އިންކާރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު