ENGLISH

13 ޖޫން 2026

Advertisement

ދ. މީދޫ ރައީސް ހޮވުމުގެ ވޯޓު: 12 ޖެހުމާ ހަމައަށް 50 އިންސައްތަ މީހުން ވޯޓުލައިފި

13 ޖޫން 2026

|

އައިމިނަތު ޝަފާ

މިއަދު ކުރިއަށްދާ ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ ވޯޓުލުމުގައި މެންދުރު 12 ޖެހުމާ ހަމައަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 50 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

މި އިންތިހާބުގައި ވާދަކުރަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ ކެނޑިޑޭޓް ސުހާ އިބްރާހީމްއާއި މޯލްޑިވިއަން ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ގެ ކެނޑިޑޭޓް މުހައްމަދު ޝާހިދެވެ.

ކޮމިޝަނުން އާއްމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން މިހާތަނަށް ޖުމްލަ 523 މީހުން ވޯޓުލާފައިވެއެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 50 އިންސައްތައެވެ. ވޯޓުލާފައިވަނީ 313 ފިރިހެނުންނާއި 210 އަންހެނުންނެވެ. 

ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ އިންތިހާބުގައި 1049 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބެއެވެ. އެއީ 483 އަންހެނުންނާއި 566 ފިރިހެނުންނަށެވެ.  

މީދޫ ކައުންސިލް އިންތިހާބުގެ އިތުރު ބުރުގެ ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުން ތިން ފޮށްޓެއް ބަހައްޓާފައިވެއެވެ. މި އިންތިހާބުގައި ވޯޓުލުން އެރަށުގައި ކުރިއަށްދާނީ ދ. އަތޮޅު މަދުރަސާގައެވެ. އަތޮޅު މަދުރަސާގައި ދެ ފޮށި ބަހައްޓާފައިވެއެވެ. އަދި މާލޭގެ ދަރުމަވަންތަ ސްކޫލުގައި ވޯޓު ފޮށްޓެއް ބަހައްޓާފައިވެެއެވެ.

ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. 

ކިޔުންތެރިންގެ ހިޔާލު