ENGLISH

03 ޖޫން 2026

Advertisement

އައްޑޫ ކައުންސިލުގެ ދެ ތަޖުރިބާ ދަތުރަށް 1.2 މިލިއަން ހަރަދުކުރި: އޮޑިޓް

03 ޖޫން 2026

|

އައިމިނަތު ޝަފާ

އައްޑޫ ސިޓީ ކައުންސިލުގެ އިދާރާ.

އައްޑޫ ސިޓީ ކައުންސިލުން ރާއްޖެއިން ބޭރަށް ކުރި ދެ ތަޖުރިބާ ދަތުރަކަށް ދައުލަތުގެ މާލިއްޔަތު ސާކިއުލާތަކާ ހިލާފަށް 1.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ. 

އޮޑިޓާ ޖެނެރަލްގެ އޮފީހުން އާއްމުކޮށްފައިވާ 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް އަދި 2024 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި 2023 ނޮވެމްބަރު މަހު ކައުންސިލްގެ އަށް މެންބަރުންނާއި ދެ މުވައްޒަފުން ހިމެނޭހެން ޖުމްލަ 10 މީހަކު މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި އަށް ދުވަހުގެ ދަތުރަށް ކައުންސިލްގެ ބަޖެޓުން 515,101 ރުފިޔާ ހަރަދުކުރިއެވެ. 

މި ދަތުރުގައި ބައިވެރިވި މީހުން މެލޭޝިއަން އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓްގައި ފުރިހަމަކުރި 'ކްރިއޭޓިވް ތިންކިން އެންޑް ޕްރޮބްލެމް ސޯލްވިން ސްކިލްސް' ޓްރެއިނިން އަކީ ދަތުރުގެ މައިގަނޑު މަގުސަދު ކަމަށްވާ އާބަން ޑިވެލޮޕްމަންޓާ ގުޅުންހުރި ދާއިރާއެއްވެސް ނޫންކަމަށާއި އަދި ސިންގަޕޫރު ދަތުރުގެ ތެރެއިން ޒިޔާރަތްކުރި ގެލެރީތަކަކީވެސް ދަތުރުގެ މަގުސަދާ ސީދާ ގުޅުންހުރި ތަންތަން ނޫންކަމަށް ބުނެފައިވެއެވެ.

އަދި ދެހާސް ސައުވީސްވަނަ އަހަރުގެ ފެބްރުއަރީ މަހު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ނުވަ މެންބަރުންނާއި، ކައުންސިލް މެންބަރަކާއި ސެކްރެޓަރީ ޖެނެރަލް ރާއްޖެއިން ބޭރަސް ކުރި ދަތުރަށް 685,509 ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުންތަކާ އެއްގޮތަށް، ކައުންސިލްތަކުގެ ރިކަރަންޓް ހަރަދު ކުޑަކުރުމަށާއި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ސަރުކާރުން އަންގާފަވީނަމަވެސް އައްޑޫ ސިޓީ ކައުންސިލުން މި ދަތުރުތައް ކޮށްފައިވަނީ މި އިރުޝާދުތަކަށް ރިއާޔަތްކުރުމެއް ނެތި ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު