ENGLISH
03 ޖޫން 2026
މުލަކު ހެލްތު ސެންޓަރުގެ އަދާހަމަ: ކޮލަމް ފުޓިން ކޮންކްރީޓް މަސައްކަތް ކުރިއަށް
03 ޖޫން 2026
|
މުލަކުގައި ތަރައްޤީކުރާ ހެލްތު ސެންޓަރުގެ މަސައްކަތުގެ ތެރެއިން- ފޮޓޯ: އާރްޑީސީ
އެންމެ މަޤްބޫލު
މ. މުލަކުގައި އިމާރާތްކުރާ ހެލްތު ސެންޓަރުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ.
އެގޮތުން އާރްޑީސީ އިން ބުނީ މިހާރު އެ މަޝްރޫއުގެ ދަށުން ކުރިއަށްދަނީ ހެލްތު ސެންޓަރ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތްތަކުގެ ތެރެއިން ކޮލަމް ފުޓިން ކޮންކްރީޓް ކުރުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫއަކީ ޕަބްލިކް ހެލްްތު ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅެއްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 28 މެއި 2025 ގައެވެ. މިއީ 24.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.