ENGLISH
03 ޖޫން 2026
ޖީޕީއީގެ ބޯޑު ޑިރެކްޓަރުންގެ ބައްދަލުވުމުގައި ތައުލީމީ ވަޒީރު ބައިވެރިވެވަޑައިގެންފި
03 ޖޫން 2026
|
ތައުލީމީ ވަޒިރު ބައްދަލުވުމުގައި ބައިވެރިވަޑައިގަތުން-
އެންމެ މަޤްބޫލު
ގްލޯބަލް ޕާޓްނާޝިޕް ފޯރ އެޑިއުކޭޝަން (ޖީޕީއީ) ގެ ބޯޑް އޮފް ޑިރެކްޓަރުންގެ ބައްދަލުވުމުގައި ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ވަޒީރު އިސްމާއިލް ޝަފީއު ބައިވެރިވެ ވަޑައިގެންފިއެވެ.
މިނިސްޓަރ މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ އޭޝިއާ އަދި ޕެސިފިކް ދާއިރާ ތަމްސީލުކުރައްވާ ބޯޑް މެންބަރުގެ ހައިސިއްޔަތުންނެވެ.
މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މި މަހު 2 އިން ފެށިގެން 4 އާ ހަމައަށެވެ.
މި ބައްދަލުވުމުގައި ވަޒީރު ޝަފީއުގެ އަރިހުގައި އެ ވުޒާރާގެ ޓެކްނިކަލް އެޑްވައިޒަރ ޑރ. އަޙްމަދު މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ވުޒާރާއިން ހާމަކުރި ގޮތުގައި މި ބައްދަލުވުމުގައި ޖީ.ޕީ.އީގެ ހިންގުމާއި ގުޅުންހުރި ގިނަ ނިންމުންތަކާއި، ކުރިއަށްގެންދިއުމަށް ރާވާ ހަރަކާތްތަކުގެ އިތުރުން، ކުރިއަށް އޮތް އަހަރުތަކަށް ލަފާކުރާ ބަޖެޓު ކަނޑައެޅުމަށް ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.
ގްލޯބަލް ޕާޓްނަރޝިޕް ފޯރ އެޑިޔުކޭޝަން (ޖީ.ޕީ.އީ) އަކީ ތަރައްޤީވަމުން އަންނަ ގައުމުތަކުގެ ތައުލީމީ ނިޒާމު ކުރިއެރުވުމަށް ހިލޭ އެހީ ދޭ ބައިނަލްއަޤްވާމީ އެންމެ ބޮޑު އެއް ފަންޑެވެ.