ENGLISH

31 މޭ 2026

Advertisement

ގަދަ ވަޔާއެކު އައްޑޫ ސިޓީ ހިތަދޫގެ ދެ ގެއެއްގެ ފުރާޅު އެއްލާލައިފި

31 މޭ 2026

|

އާމިނަތު ނުޒްލާ

ގަދަ ވައިގެ ސަބަބުން އައްޑޫ ސިޓީ ހިތަދޫއިން ފުރާޅުއެއްލާލާފައިވާ ގެއެއް-- ފޮޓޯ: އެމްއެންޑީއެފް

ގަދަ ވަޔާއި ވިއްސާރައިގެ ސަބަބުން އައްޑޫ ސިޓީ ހިތަދޫގެ ދެ ގެއެއްގެ ފުރާޅު އެއްލާލައިފި އެވެ. 

އެމްއެންޑީއެފުން ބުނީ މިހާރު ކުރަމުންދާ ވިއްސާރާގައި ހިތަދޫ ހުޅުދުއާގެ އާއި އޯކަމްލިވާގޭގެ ފުރާޅު ވަޔާ އެކު އެއްލާލުމާ ގުޅިގެން ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އައްޑޫ ސިޓީ ފޭދޫއަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެން ބޮޑުވުމުން، ފެން ހިންދުމުގެ މަސައްކަތްތައް ވެސް އެމްއެންޑީއެފުން ކޮށްފައިވެ އެވެ.

ފޭދޫގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުން ފަށާފައި ވަނީ ރޭ 03:45 ހާއިރު އެވެ. ޕަމްޕު ބޭނުންކޮށްގެން ފެންހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ މިއަދު 10:10 ހާއިރު ވަންދެން ހަރަކާތްތެރިވެފަ އެވެ. އެގޮތުން މަގުތަކުގައި ބޮޑުވެފައި ހުރި ފެންގަނޑު ހިއްކައި، މިހާރު އާންމު ހާލަތަކަށް ގެނެވިފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އައްޑޫ ސިޓީގައި ފެންހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް އިން ހަރަކާތްތެރިވަނީ--ފޮޓޯ: އެމްއެންޑީއެފް

މީގެ އިތުރުން ގދ. މަޑަވެލީގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތްވެސް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔާ ސްޓޭޝަނުން ރޭ 01:35 ހާއިރު ކުރިއަށްގެންދިޔަ އެވެ. ޕަމްޕު ބޭނުންކޮށްގެން ފެންހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ވަނީ މިއަދު 09:40 ހާއިރު ވަންދެން ހަރަކާތްތެރިވެފަ އެވެ. ފެންގަނޑު ހިއްކައި، މިހާރު އެރަށުގެ މަގުތައް ވެސް ވަނީ އާންމު ހާލަތަކަށް ގެނެވިފައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތޫ ދީފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު