ENGLISH

31 މޭ 2026

Advertisement

ޕީއެންސީ ޕީޖީ ގްރޫޕް ރޫޅައެއް ނުލެވޭނެ: ޝުޖާއު

31 މޭ 2026

|

އައިމިނަތު ޝަފާ

މެމްބަރު ޝުޖާއު ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ؛ޕީއެންސީ.

ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ޕާލަމެންޓްރީ ގްރޫޕް ރޫޅާ ނުލެވޭނެކަމަށް އެ ޕާޓީގެ ޕީޖީ ގްރޫޕުގެ ސީނިއާ ނައިބު ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ. 

މެމްބަރު ޝުޖާއު މިފަދައިން ވިދާޅުވީ މި މަހު ރައީސުލްޖުމްހޫރިއްޔާ އަދި ޕާޓީގެ ރައީސް މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ކޮންގްރެސް ޕާޓީއަށް ނިސްބަތްވާ މެންބަރުންނަށް ބައި ލައްކަ ރުފިޔާ ދީފައިވާކަމަށް ބުނެ "އަދަދު" ނޫހުން ފެތުރި ވާހަކަތަކުގެ ރައްދުގަ އެވެ. 

މި ވާހަކަތައް ދޮގުކުރައްވައި މެމްބަރު ވިދާޅުވީ ކޮންގްރެސް ޕާޓީގެ ޕީޖީ ގްރޫޕަށް ވެސް ލިބެނީ ވާދަވެރި އެމްޑީޕީއާއި އެހެނިހެން ޕާޓީތަކުގެ މެމްބަރުންނަށް ވެސް ލިބޭ މަޖިލީހުގެ މުސާރަ ކަމަށެވެ. އަދި ކޮންގްރެސް ޕާޓީގެ ޕީޖީ ގްރޫޕާ ބެހޭގޮތުން ފަތުރާ ދޮގު ހަބަރުތައް ކުށްވެރިކުރައްވައި މެމްބަރު ވިދާޅުވީ ދޮގު ހަބަރާއި ފިތުނަ އުފައްދައިގެން ކޮންގްރެސް ޕާޓީގެ ޕީޖީ ގްރޫޕް ރޫޅާލެވޭނެ ކަމަށް ދެކުމީ މޮޔަކަމެއްކަމަށެވެ.

ޕީއެންސީގެ ސްޕާ މެޖޯރިޓީ އޮތް 20 ވަނަ މަޖިލީހުން މަސައްކަތް ކުރާނީ ޤަގައުމާއި ރައްޔިތުންގެ ލާބަޔަށްކަމަށް ވެެސް ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއުގެ އިތުރުންވެސް 20 ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ގިނަ މެމްބަރުން އަންނަނީ "އަދަދު" ނޫހުުގެ މި ވާހަކަތައް ދޮގުކުރައްވަމުންނެވެ. 

ސިޔާސީ ވާދަވެރިކަމުގައި "އަދަދު" ނޫހުން މިފަހުން އަންނަނީ ރައީސުލްޖުމްހޫރިއްޔާ ހިމެނިވަޑައިގަންނަވާހެން ސަރުކާރުގެ އިސް ބޭފުޅުންނާ ގުޅޭގޮތުން ސާބިތު ނުހިފޭ ވާހަތަކެއް ފަތުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު