ENGLISH
31 މޭ 2026
ބޯހިޔާވަހިކަމުގެ ހިދުމަތާ ގުޅޭ ކޯލް ސެންޓަރުގެ ހިދުމަތް ޢީދު ބަންދަށްފަހު ފަށައިފި
31 މޭ 2026
|
އެފްޑީސީ ފްލެޓްތައް--ފޮޓޯ: އެމްއެމްޓީވީ
އެންމެ މަޤްބޫލު
ބޯހިޔާވަހިކަމުގެ ސިޔާސަތުތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ ކޯލް ސެންޓަރުގެ ހިދުމަތްތައް ޢީދު ބަންދަށްފަހު އަލުން ފަށައިފި އެވެެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ ގުޅޭ ހިދުމަތްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާގައި ގާއިމުކުރި ކޯލް ސެންޓަރުގެ ހިދުމަތް މެދުކަނޑާލީ އަޟްޙާ ޢީދު ބަންދަށެވެ.
ވުޒާރައިން ބުނީ އަލުން ކޯލް ސެންޓަރުގެ ހިދުމަތް ފަށާފައިވާކަމަށެވެ. ކޯލް ސެންޓަރުގެ ހިދުމަތް އާދިއްތައިން ބުރާސްފައްޗާ ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް ލިބޭނެ އެވެ.
އަދި އިންފޮމޭޝަން ޑެސްކްގެ ހިދުމަތްތައް ވެސް މި ފަސް ދުވަހުގެ ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް ލިބޭނެ އެވެ.
ޢީދަކީ ގިނަބަޔަކު އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށްޓަކައި ރަށުން ބޭރަށް ދާ ދުވަސްވަރަކަށް ވުމާއެކު، ޢީދު ބަންދާ ގުޅިގެން ސަރުކާރު ބަންދުވުމުން ފޯމު ހުށަހެޅުމަށް ބޭނުންވާ ލިޔެކިއުންތައް ހަމަކުރުމާއި ކަނޑައަޅައިފައިވާ މުއްދަތުގައި ފޯމު ހުށަހެޅުމުގައި ދަތިވަމުންދާކަމަށް ބުނެ ގިނަ އަދަދެއްގެ ޝަކުވާތައް ވުޒާރާއަށް ލިބެމުން އައުމާ ގުޅިގެން ލެޓާއި ގޯއްޗަށް ފޯމު ހުށަހެޅުމުގެ މުއްދަތު ވެސް ސަރުކާރުން އިތުރުކޮށްދީފައިވެއެވެ.
ކުރިން އޮތް ގޮތުން މާލޭގައި ދިރިއުޅޭ ރައްޔިތުން ފްލެޓާއި ބިމަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވާ ސްކީމްތަކަށް ކުރިމަތިލާން ދިން ސުންގަޑި ހަމަވާނީ މި މަހުގެ ނިޔަލަށެވެ.
ނަމަވެސް، ވުޒާރާއިން ވަނީ އަންނަ މަހު 15 ވަނަ ދުވަހުގެ ރޭ 23:59ގެ ނިޔަލަށް މުއްދަތު އިތުރުކޮށްދީފަ އެވެ.
"ބޯހިޔާވަހިކަން އެންމެނަށް" ސަރުކާރުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމް އިއުލާނު ކުރީ، މިދިޔަ ނޮވެމްބަރު މަހުގެ 16ވަނަ ދުވަހު އެވެ. މި ސްކީމުގައި ގޯތި އަދި ފްލެޓް ދޫކުރުމުގެ އުސޫލުވެސް ވަނީ އާއްމުކޮށްފަ އެވެ.
މި ސްކީމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯއްޗާއި މާލެ ސަރަހައްދުން 7,900 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވެއެވެ.