ENGLISH

26 މޭ 2026

Advertisement

މީހަކު ރަހީނުކުރިކަމުގެ ތުހުމަތުކުރެވޭ ހަތަރު ބިދޭސީއަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

26 މޭ 2026

|

އައިމިނަތު ޝަފާ

މީހަކު ރަހީނުކުރި މައްސަލައެއްގައި ޝާމިލުވާ ބިދޭސީން. ފޮޓޯ؛ ފުލުހުން

ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކަށް އަނިޔާކޮށް ރަހީނުކޮށްފައިވާ މައްސަލައިގައި ތުހުމަތުކުރެވޭ ހަތަރު ބިދޭސީއަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ މިދިޔަ މާރިޗު މަހުގެ 25 ވަނަ ދުވަހު އެވެ. އެމީހާ ހޯދުމުގެ މަސައްކަތްކުރަނިކޮށް، މާރިޗް މަހުގެ 27 ވަނަދުވަހު ވިލިމާލެ އިން އެމީހާ ފެނިފައި ވެއެވެ. މި މައްސަލައާއި ގުޅިގެން ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ. އެމީހުންނަކީ:

އެމް.ޑީ ހޮސައިން (30އ)

އެމް.ޑީ މެހެދި ހަސަން (34އ)

އެމް.ޑީ ޝާ އަލަމް (39އ)

ސާފިފް ހަސަން (38އ)

ރަސަލް (20އ)  

މި މައްސަލައިގައި އޭޕްރީލު މަހުގެ 10 ވަނަދުވަހު ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބުނެފައިވަނީ، އެ މައްސަލައިގައި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މީހަކަށް ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށާއި، އަދި އެއީ ގިނަ ބަޔަކު ބައިވެރިވެގެން ހިންގާފައިވާ އަމަލެއް ކަމަށާއި އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ އެމްޑީ ހޮސައިން ކަމަށް އިއުތިރާފުވެ ކަން ހިނގާދިޔަގޮތް އޭނާ ޝަރީއަތަށް ކިޔައިދީފައިވާ ކަމަށެވެ. ނަމަވެސް މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. 

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް އިތުރުކޮށްފައިވާއިރު އޭގެ ފަހުން އެމައްސަލައިގަ ތުހުމަތުކުރެވޭ ދެންތިބި ހަތަރު މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރި އެވެ. 

ކިޔުންތެރިންގެ ހިޔާލު