ENGLISH

26 މޭ 2026

Advertisement

ބުރުނު ލައިޓާއެކު އައްޑޫ ސިޓީގެ އީދު ފާހަގަކުރުންތަކަށް ބޮޑު ފޯރިއެއް

26 މޭ 2026

|

އާމިނަތު ނުޒްލާ

ބުރުނު ލައިޓް ސްޕޯޓް ފިޝިން މުބާރާތް-- ފޮޓޯ: ވިޒިޓް މޯލްޑިވްސް

މި މަހުގެ 28 ވަނަ ދުވަހު އައްޑޫ ސިޓީ މަރަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ، އެއްދުވަހުގެ ސްޕޯޓްސް ފިޝިން މުބާރާތުގެ ފޯރި ގަދަވެފައިވާ ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ބުނެފި އެވެ.

މި މުބާރާތަކީ އިކުއެޓޯރިއަލް ފިޝިން ކްލަބް އާ ވިޒިޓް މޯލްޑިވްސް އާ ގުޅިގެން އިންތިޒާމް ކުރާ މުބާރާތެކެވެ. މިހާތަނަށް މި މުބާރާތުގައި 24 ޓީމެއް ބައިވެރި ވުމަށް ހަމަޖެހިފައިވެ އެވެ. މި މުބާރާތަކީ ބުރުނު ބޮމަ ފިޝިން ޓޯނަމަންޓް ސިލްސިލާގެ ބައިނަލްއަގުވާމީ ފޯމެޓް ރަށްތަކާއި ހަމައަށް ފޯރުކޮށްދިނުމުގެ ގޮތުން ދެކުނުގެ އަތޮޅެއްގައި ބާއްވާ މި ސިލްސިލާގެ ފުރަތަމަ ސަރަހައްދީ އެޑިޝަނެވެ. 

މި މުބާރާތުގައި އައްޑޫ ސިޓީ އާއި އެހެނިހެން ސަރަހައްދުތަކުން ވާދަވެރި ޓީމުތައް ބައިވެރިވެ އެވެ.  މި މުބާރާތުގެ ވަނަވަނައަށް ހޮވޭ ޓީމުތަކަށް ޓްރޮފީގެ އިތުރުން ނަގުދު ފައިސާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެފައިވެ އެވެ. އެގޮތުން އެެއްވަނައަށްދާ ޓީމަކަށް 35،000 ރުފިޔާ، ދެވަނަ ޓީމަށް 15،000 ރުފިޔާ އަދި ތިންވަނަ ޓީމަކަށް 5000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން އެންމެ ގިނަ މަސް ބާނާ އެންމެ މޮޅު އެންގްލަރަށް ހަނދާނީ ތަށީގެ އިތުރުން 2000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވެ އެވެ. 

ބުރުނު ލައިޓަކީ ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ބައިނަލްއަގުވާމީ ސްޕޯޓް ފިޝިން މުބާރާތް ކަމަށްވާ "ބުރުނުބޮމަ" މުބާރާތް ސަރަހައްދީ ފެންވަރެއްގައި ފުޅާކުރުމަށް ފަރުމާކުރެވިފައިވާ ހަރަކާތެކެވެ. މި މުބާރާތުގައި ތަޖުރިބާކާރު މަސްވެރިންނާއި ބައިނަލްއަގްވާމީ ގިނަ ފަރާތްތަަކުން ބައިވެރިވެ އެވެ. 

ކިޔުންތެރިންގެ ހިޔާލު