ENGLISH
18 މޭ 2026
އީދު ބަންދުގެ ކުރިން، ވިޔަފާރިތަކަށް ބޭނުންވާނެ ނަގުދު ފައިސާ ހޯދުމަށް އިލްތިމާސްކޮށްފި
18 މޭ 2026
|
އެމްއެމްއޭ އިމާރާތް-- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
އެންމެ މަޤްބޫލު
މިއަހަރުގެ އަޟްޙާ އީދުގެ ބަންދު ފެށުމުގެ ކުރިން، ވިޔަފާރިތަކަށް ބޭނުންވާނެ ނަގުދު ފައިސާ އާއި ވަކިލާރި ހޯދުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެމްއެމްއޭއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އަޟްހާ އީދުގެ މުނާސަބަތުގައި މޭ 24، 2026 އިން މޭ 30، 2026 އަށް ސަރުކާރު ބަންދުވާނެ ކަމަށެވެ. އެހެންނަމަވެސް އާއްމުންނަށް ދިމާވެދާނެ ދަތިތަށް ކުޑަ ކުރުމަށްޓަކައި މި ބަންދުގެ ތެރެއިން މޭ 28، 2026 ވާ ބުރާސްފަތި ދުވަހު ބޭންކު ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ. އެ ދުވަހު ބޭންކް ހުޅުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:30 އިން މެންދުރުފަހު 14:00 އަށް ކަމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ.
އިއުލާނުގައި އިތުރަށް ބުނެފައިވަނީ، ބުރާސްފަތި ދުވަހު ބޭންކް ހުޅުވި ނަމަވެސް، އެ ދުވަހު އާންމުންނަށް ވަކިލާރި އާއި ނަގުދު ފައިސާ ދޫކުރުމުގެ ޚިދުމަތް ނުލިބޭނެ ކަމަށެވެ. އެހެންކަމުން، އީދު ބަންދުގެ ތެރޭގައި ބޭނުންވާނެ ކަމަށް އަންދާޒާކުރާ މިންވަރަށް ނަގުދު ފައިސާ އާއި ވަކިލާރި، މި ހިނގާ ހަފްތާގެ ތެރޭގައި ހޯދުމަށް އެމްއެމްއޭއިން އިލްތިމާސްކޮށްފައިވެ އެވެ.