ENGLISH
16 މޭ 2026
ދިވެހި ޙައްޖުވެރިންނަށް މައްކާއިން ހޫނު މަރުޙަބާއެއް!
16 މޭ 2026
|
ދިވެހި ޙައްޖުވެރިންނަށް މަރުހަބާ ދެންނެވުން. ފޮޓޯ؛ ހައްޖު މިޝަން
އެންމެ މަޤްބޫލު
މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ދިވެހިރާއްޖެއިން ދިއުމަށް ހަމަޖެހިފައިވާ ޙައްޖުވެރިންގެ ތެރެއިން ރޭ މައްކާއަށް ދިޔަ 238 ޙައްޖުވެރިންނަށް މައްކާއިން ހޫނު މަރުޙަބާއެއް ކިޔައިފި އެވެ.
ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގެ ޓާމިނަލުން އެންމެ ފުރަތަމަ މަރުޙަބާ ދެންނެވީ ދިވެހިރާއްޖެއިން ސަޢުދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރުއާއި ދިވެހި ޙައްޖު މިޝަންގެ އިސްވެރިން ނެވެ. އަދި މައްކާ ރޫޓުގެ ފަރާތުންވެސް ވަނީ ޙައްޖުވެރިންނަށް އެއާޕޯޓުން ހޫނު މަރުޙަބާއެއް ދަންނަވާފަ އެވެ.
އަދި ޙައްޖުވެރިން މައްކާގައި ތިއްބަވާ ހޮޓަލުން، ޙައްޖު ކޯޕަރޭޝަނާއި، ޙައްޖު މިޝަން އަދި ދިވެހި ޙައްޖުވެރިންނަށް ޚިދުމަތް ދެއްވާ މުޠައްވިފް ރަވާފް މިނާ އަދި ހޮޓެލުގެ ފަރާތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފަ އެވެ.
ފުރަތަމަ ފްލައިޓުގައި ދަތުރުކުރި ހުރިހާ ޙައްޖުވެރިންގެ ހާލު ވެސް ރަނގަޅުކަމަށް ދިވެހި ޙައްޖު މިޝަނުން މަޢުލޫމާތު ދެ އެވެ. ޙައްޖުވެރިން މިހާރު ވަނީ ފުރަތަމަ ޢުމްރާ ކުރުމަށް ފަށާފަ އެވެ.
ދިވެހި ޙައްޖުވެރިންގެ ފްލައިޓުތައް ދެން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17، 18 އަދި 19 ވަނަ ދުވަހު އެވެ.