ENGLISH

16 މޭ 2026

Advertisement

ހުރުމުޒް ކަނޑުއޮޅިއާ ގުޅޭގޮތުން ހުށަހެޅި ގަރާރު ރާއްޖެއިން ކޯ-ސްޕޮންސާ ކޮށްފި

16 މޭ 2026

|

އައިމިނަތު ޝަފާ

ހުރްމުޒް ކަނޑުއޮޅި

ހުރްމުޒް ކަނޑުއޮޅިއާ ގުޅޭގޮތުން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރު ދިވެހިރާއްޖެއިން ކޯ-ސްޕޮންސާ ކޮށްފި އެވެ.

މި ޤަރާރު އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅީ ބަހުރައިން، ކުވައިތު، ޤަތަރު، ސައޫދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، އަދި އުރުދުނުން ނެވެ. 

މި ގަރާރަކީ ހުރްމުޒު ކަނޑުއޮޅިއާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި، މިނިވަންކަމާއެކު އުޅަނދު ފަހަރު ދަތުރުފަތުރުކުރުމުގެ ޙައްޤުތަކާއި ބައިނަލްއަގުވާމީ ވިޔަފާރިއާއި މުދާ އުފުލާ ނިޒާމުތައް ހިމާޔަތްކުރުމާ ގުޅޭގޮތުން ހުށަހަޅާ ފައިވާ ގަރާރެ ކެވެ.

މި ގަރާރު ދިވެހިރާއްޖެ އިން ކޯ ސްޕޮންސާ ކުރަން ނިންމި ނިންމުމުގެ ސަބަބުން، ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ ހިމެނޭހެން ކަނޑުގެ ޤާނޫނުތަކާ ގުޅޭގޮތުން ރާއްޖެއިން ޤަބޫލުކުރާ އުޞޫލުތަކާއި، މިނިވަންކަމާއެކު އުޅަނދުފަހަރު ދަތުރުފަތުރުކުރުމުގެ ޙައްޤު ދެމެހެއްޓުމާއި، އަދި ކަނޑުގެ ގާނޫނުގެ ދަށުން ދިވެހިރާއްޖެ ފަދަ، އާޗިޕެލަޖިކް ޤައުމުތަކަށް ލިބިގެންވާ ޚާއްސަ ޙައްޤުތަކާއި އިހްތިޞާޞްތަކަށް އެއްވެސް އުނިކަމެއް ނާންނާނެކަމަށް ދިވެހި ހާރިޖިއްޔާއިން ބުންޏެވެ. 

ހާރިޖިއްޔާއިން ބުނީ މި ނިންމުން ނިންމާފައިވަނީ މި ޤަރާރުގެ ސަބަބުން ރާއްޖޭގެ ޤައުމީ މަޞްލަޙަތަށް، ނުވަތަ ކަނޑުގެ ސަރަޙައްދީ އިޚްތިޞާޞަށް، ނުވަތަ ބައިނަލްއަޤުވާމީ ޤާނޫނުގެ ދަށުން ޖަޒީރާ ޤައުމުތަކަށް ލިބިގެންވާ ޙައްޤުތަކަށް އަސަރުކޮށްފާނެ ފަދަ އެއްވެސް މާނަކުރުމަކަށް އަމަލުކުރަން ދިވެހިރާއްޖެ އިން އިސްތިސްނާވާ ގޮތުގެ މަތިން ކަމަށެވެ.

ގަލްފުގެ މަސްރަޙު އިތުރަށް ގޯސްވިޔަނުދީ ބައިނަލްއަޤުވާމީ ވިޔަފާރިއާއި މުދާ އުފުލާ ނިޒާމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން ކުރިމަތިވަމުންދާ އަދި ކުރިމަތިވެދާނެ ދަތިތައް ކުޑަކުރުމަށް އިސްކަން ދިނުމަށް ދިވެހިރާއްޖެ އިން ދަނީ ބާރުއަޅަމުންކަމަށް ހާރިޖިއްޔާއިން ބުންޏެވެ. 

ކިޔުންތެރިންގެ ހިޔާލު