ENGLISH

16 މޭ 2026

Advertisement

ޔަހޫދީން އަގްސާ މިސްކިތަށް ވަދެގަތުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

16 މޭ 2026

|

އައިމިނަތު ޝަފާ

ދިވެހި ހާރިޖިއްޔާ

ހައްދުފަހަނެއެޅި ސަހުޔޫނީން އަލްއަޤްޞާ މިސްކިތުގެ ހަރަމްފުޅަށް ވަދެގަތުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

މިކަން ކުށްވެރިކޮށް ދިވެހި ހާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ އަލްއަޤްޞާ މިސްކިތަށް ނަމާދުކުރަންދާ މީހުންނަށް ހުރަސްއެޅުމާއެކު ސަހުޔޫނީން ހިންގާ މިފަދަ އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ފާޅުގައި ހިލާފު، އަދި އަލްއަޤްޞާ މިސްކިތުގެ މުގައްދަސްކަމާއި، ގާނޫނީ ހައިސިއްޔަތާއި، އެ މިސްކިތާ ގުޅިފައިވާ ތާރީހީ އަދި ދީނީ މުހިންމުކަން ނައްތާލުމަށް ގަސްތުގައި ހިންގާ އުދުވާނީ އަމަލުތަކެއް ކަމަށެވެ.

އިސްލާމީ އުންމަތުގެ އެންމެ މުޤައްދަސް ބިނާތަކުގެ ތެރޭގައި ހިމެނޭ މި މިސްކިތާ ގުޅޭގޮތުން ޒަމާނުއްސުރެ އަމަލުކުރަމުން އަންނަ އުޞޫލުތަކަށް އިހުތިރާމް ކުޑަކޮށް، ސަހުޔޫނީން ކުރާ މަސައްކަތްތަކަށް އެ މީހުން ޒިންމާދާރުކުރުވުމަށް، ބައިނަލްއަޤްވާމީ މުޖުތަމައުން އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފަ އެވެ. 

ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހިރާއްޖެއިން ކުރާ ތާއީދާއި ދޭ އެހީތެރިކަން ސާބިތުކަންމަތީ ދެމިއޮންނާނެކަމުގެ ޔަގީންކަން މި ބަޔާނުގައި ވެސް ހާރިޖިއްޔާއިން ވަނީ ދީފަ އެވެ. އަދި އިސްލާމީ މުޤައްދަސް ބިނާތައް ހިމާޔަތްކުރުމަށާއި ފަލަސްތީނުގެ ރައްޔިތުންގެ އުޞޫލީ ޙައްޤުތައް ކަށަވަރުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން ބާރުއަޅާކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު