ENGLISH
16 މޭ 2026
ޑައިވިން ހާދިސާއާ ގުޅިގެން ސަފާރީގެ ލައިސެންސް ސަސްޕެންޑުކޮށްފި
16 މޭ 2026
|
ހާދިސާގައި ލައިސެންސް ސަސްޕެންޑުކުރި ޑޫކް އޮފް ޔޯކް ސަފާރީ. ފޮޓޯ؛ ސޯޝަލް މީޑިއާ
އެންމެ މަޤްބޫލު
ވ.އަތޮޅުގައި ޑައިވިންއަށް ގޮސް އުޅެނިކޮށް ހަތަރު ޑައިވަރުން ގެއްލި، އެއް ޑައިވަރު މަރުވެފައި އޮއްވާ ފެނުނު ހާދިސާގައި އެ މީހުން ޑައިވިންއަށް ގެންދިޔަ 'އެމްވީ ޑޫކް އޮފް ޔޯކް'ގެ އޮޕަރޭޓިން ލައިސަންސް މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑު ކޮށްފި އެވެ.
ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނީ ހާދިސާގެ ސީރިއަސްކަމަށް ބަލައި، ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި ނީ އެ އުޅަނދުގެ ހުއްދަ ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކެއްގެ ޒިންމާއެއްކަން ފާހަގަކޮށް، ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ވުޒާރާއިން އިލްތިމާސްކޮށްފައިވެއެވެ. އަދި ރައްކާތެރިކަމުގެ މިންގަނޑުތައް ދެމެހެއްޓުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާނެ ކަމުގެ ޔަގީންކަންވެސް ވުޒާރާއިން ވަނީ ދީފަ އެވެ.
ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ ފަސް ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު-- އެމްއާރުސީސީއަށް ލިބިފައިވަނީ ބުރާސްފަތިދުވަހުގެ މެންދުރު 13:45 ހާއިރެވެ. އެ މައުލޫމާތު ލިބުމާއެކު އެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފްއިން ފަށާފައިވާކަމަށާއި މި މަސައްކަތުގައި ސަފާރީއާއި، ވ.އަތޮޅު ޕޮލިސް ސްޓޭޝަނުގެ އިތުރުން އަލިމަތާ ރިސޯޓުގެ އެހީތެރިކަން ލިބެމުންދާކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އެކެއްގެ ހަށިގަނޑު ފެނިފައިވަނީ، އެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށް، ބުރާސްފަތި ދުވަހުގެ 18:13 ހާއިރު މޫދު އަޑިންނެވެ. މި ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ތެރެއިން ކަމަށް އެމްއެންޑީއެފުން ހާމަކުރެ އެވެ.
މިހާރު ކުރިއަށް ދަނީ ބާކީ ތިބި ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތެވެ.
މަރުވި ހަތަރު ޓޫރިސްޓުންނާއި އެ މީހުންގެ އިންސްޓްރަކްޓަރު 60 މީޓަރަށް ފީނިއިރު، ރާއްޖޭގައި އާންމުކޮށް ޑައިވްކުރަން ހުއްދަ އޮންނަނީ 30 މީޓަރަށެވެ.