ENGLISH
12 މޭ 2026
ކޯޓުގެ ހުރުމަތް ކެނޑި އަދަދުގެ ދެ ނޫސްވެރީން ޖަލަށް ލައިފި
12 މޭ 2026
|
ޖަލަށްލި ދެ ނޫސްވެރީން --
އެންމެ މަޤްބޫލު
ކޯޓުގެ ހުރުމަތް ކެނޑިކަން ސާބިތުވެ އަދަދު ނޫހުގެ ދެ ނޫސްވެރީން ޖަލަށް ލައިފި އެވެ.
ކޯޓުގެ ހުރުމަތް ކެނޑިކަން ސާބިތުވެ ޖަލަށްލީ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު އެވެ. ކްރިމިނަލް ކޯޓުން ވަނީ އެ ދެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތައް ބެލުމަށް ފަހު ކޯޓުގެ ހުރުމަތް ކެނޑިކަން ސާބިތުވާ ކަމަށް ނިންމާފަ އެވެ.
އެގޮތުން ޝަހުޒާން 15 ދުވަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ. އަދި ލީވާން 10 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައިވެ އެވެ. އަދި އެ ދެ މީހުންވެސް 25,000 ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން މީގެ ކުރިން ވަނީ އަދަދު ނޫހުން، ހުތުރު އަދި ޙަޤީޤަތެއް ނެތް ވާހަކަތަކެއް ހިމަނާ ނެރެފައިވާ ވީޑިއޯ ޑޮކިއުމަންޓްރީއާ ގުޅިގެން ޕްރޮސިކިއުޓަރު ޖެނެެެރަލްގެ އޮފީހުން އެ ކޯޓަށް ހުށައެޅި މައްސަލަ ބަލައިގަނެ އަމުރެއް ނެރެފަ އެވެ. އެ އަމުރަށް ގޮންޖަހާ މި ދެ ނޫސްވެރީން ވަނީ ވާހަކަ ދައްކާފަ އެވެ.