ENGLISH

11 މޭ 2026

Advertisement

ހަނިމާދޫގައި ބިނާކުރާ މިސްކިތުގެ މަސައްކަތް ކުރިއަށް

11 މޭ 2026

|

ފާތުމަތު އަދާ

ހަނިމާދޫގައި ބިނާކުރާ މިސްކިތުގެ ޝަޓަރިންގ އާއި ދަގަނޑު އެޅުމުގެ މަސައްކަތް ކުރިއަށް /ފޮޓޯ:އާރްޑީސީ

ހދ.ހަނިމާދޫގައި ބިނާކުރާ މިސްކިތުގެ ޝަޓަރިންގ އާއި ދަގަނޑު އެޅުމުގެ މަސައްކަތް މިހާރު ސައިޓުގައި ފަށާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ ހަނިމާދޫގައި މިސްކިތް ތަރައްޤީކުރަނީ 7933 އަކަ މީޓަރުގެ ސަރަހައްދެއްގައި ކަމަށެވެ. އެއީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ 9.44 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ އެވެ.

ހަނިމާދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ނިންމުމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ ނިމިދިޔަ އަހަރު އެޕްރީލް މަހު އެވެ.

މި މަޝްރޫޢުގެ މަޤްޞަދަކީ ރަށުގެ ދީނީ އުމްރާނީ ވަސީލަތްތައް ހަރުދަނާކޮށް، ދީނީ ތަޢުލީމާއި އިޖުތިމާޢީ ހަރަކާތްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، ރަށުގެ ރައްޔިތުންގެ މެދުގައި ދީނީ އަދި އިޖުތިމާޢީ އެއްބައިވަންތަކަން ވަރުގަދަކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު