ENGLISH
11 މޭ 2026
ނައިފަރުން މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
11 މޭ 2026
|
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ޢާއިޝަތު ރިޒްނާ
އެންމެ މަޤްބޫލު
މަސްތުވާތެކެތީގެ މައްސަލައެއްގައި ފާދިއްޕޮޅު ނައިފަރުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ނ. ވެލިދޫ / ގުލިސްތާނުގެ، ޢާއިޝަތު ރިޒްނާ (43އ) ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ނައިފަރު ޕޮލިސް ސްޓޭޝަނުން މި މެއި މަހު 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އޭނާ ދިރިއުޅޭ ގެ ބަލައިފާސްކޮށްފައެވެ. ފުލުހުން މި ގެ ބަލައި ފާސްކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެގޮތުން މި އޮޕަރޭޝަނުގައި އެ ގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 53 ރަބަރު ޕެކެޓު ފެނިފައިވެއެވެ.
ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.