ENGLISH

11 މޭ 2026

Advertisement

އައު ސާވޭ އިކުއިޕްމެންޓު ބޭނުންކުރާނެ ގޮތުގެ ތަމްރީނު ކަމާ ބެހޭ ޓީމަށް ދީފި: އާރްޑީސީ

11 މޭ 2026

|

ފާތުމަތު އަދާ

އަލަށް ހޯދި ސާވޭއިންގ އިކުއިޕްމަންޓްތަކާ ގުޅިގެން ބޭއްވި ތަމްރީން ޕްރޮގްރާމުގެ ތެރެއިން/ފޮޓޯ:އާރްޑީސީ

ފޯސައިޓް ސާވޭޔާސް އިން އަލަށް ހޯދި ސާވޭއިންގ އިކުއިޕްމަންޓްތަކާ ގުޅިގެން، ސާވޭ ޓީމަށް ހާއްސަ ތަމްރީނު ސެޝަނެއް ބާއްވާފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފި އެވެ.

އާރްޑީސީން މިއަދު އެކްސް ގައިކުރި ޕޯސްޓުގައި ބުނީ މި ސެޝަންގެ މައިގަނޑު މަގްސަދަކީ ޓީމުގެ ފަންނީ ގާބިލުކަން އިތުރުކުރުމާއި، އަލަށް ހޯދި ސާވޭއިންގ ވަސީލަތްތަކާއި އާލާތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުން ކަށަވަރުކުރުން ކަމަށެވެ.

މީގެ އިތުރުން، މި ތަމްރީނު ސެޝަން ކުރިއަށް ގެންގޮސްދީ، ސާވޭ ޓީމުގެ ފަންނީ ކުރިއެރުމަށް ދިން އެއްބާރުލުމަށްޓަކައި ފޯސައިޓް ސާވޭޔާސް އަށް އާރްޑީސީން ވަނީ ޝުކުރުއަދާ ކޮށްފައެވެ.

އާރްޑީސީން ދަނީ މަސައްކަތުގެ ހަލުވިމިން އިތުރުކުރުމަށާއި ސާވޭކުރުމުގެ މިންގަނޑުތައް މަތިކުރުމުގެ އިތުރުން މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ތަމްރީނުތައް ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު