ENGLISH

11 މޭ 2026

Advertisement

ޒާތީ މައުލޫމާތު ރައްކާތެރި ކުރުމާއި ގުޅޭ ބިލު މަޖިލީހަށް ހުށަހަޅައިފި

11 މޭ 2026

|

އާމިނަތު ނުޒްލާ

މަޖްލީހުގެ ޖަލްސާ ކުރިއަށްދަނީ-- ފޮޓޯ: މަޖްލިސް އިދާރާ

ރާއްޖޭގައި ޒާތީ މަޢުލޫމާތު އެއްކުރުމާއި، ޕްރޮސެސްކުރުމާއި، ބޭނުންކުރުމުގެ ނިޒާމެއް ޤާއިމުކޮށް ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމާ ގުޅޭ ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނދު ދާއިރާގެ މެންބަރު އަލީ އިބްރާހިމެވެ.

ބިލުގައި ބަޔާންކޮށްފައިވާ މައިގަނޑު ކަންތައްތައް:

  • ޒާތީ މައުލޫމާތު އެއްކުރާ ނުވަތަ ޕްރޮސެސްކުރާ ނުވަތަ ބޭނުންކުރާ ފަރާތްތަކުގެ ޒިއްމާތައް ކަނޑައެޅުން
  • ޒާތީ މައުލޫމާތު ޕްރޮސެސްކުރުމުގެ އާއްމު ހަމަތަކާއި އުސޫލުތަކާއި، ޒާތީ މައުލޫމާތުގެ ހާއްސަ ބާވަތްތަކާއި ޕްރޮސެސްކުރުންތަކާ ގުޅޭ އުސޫލުތައް ބަޔާންކުރުން
  • ބޭރު ގައުމުތަކާއި ބައިނަލްއަގްވާމީ އިދާރާތަކާއި އެހެނިހެން ކްރޮސް- ބޯޑަރ ފަރާތްތަކަށް ޒާތީ މައުލޫމާތު ޓްރާންސްފަރ ކުރުމާގުޅޭ އުސޫލުތައް ކަނޑައެޅުން
  • ޑޭޓާ ސަބްޖެކްޓުންނަށް ލިބިގެންވާ ހައްގުތަކާއި އެ ހައްގުތައް ބޭނުންކުރުމުގެ ހަމަތައް ބަޔާންކުރުން
  • މި ޤާނޫނު ތަންފީޛުކޮށް ހިންގުމުގެ ގޮތުން ޕްރައިވަސީ ކޮމިޝަނަރުގެ ދައުރު އަދާކުރާނެ ފަރާތެއް ކަނޑައަޅައި، އޭނާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުން
  • ޕްރައިވަސީ ކޮމިޝަނަރަށް ޝަކުވާ ހުށަހެޅުމުގެ އުސޫލުތަކާއި، ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމުގައި ކޮމިޝަނަރަށް ލިބޭ ބާރުތައް ކަނޑައެޅުން

ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި "ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލު" ގެ ބޭނުމަކީ ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ރާއްޖޭގައި ޒާތީ މަޢުލޫމާތު އެއްކުރުމާއި ޕްރޮސެސް ކުރުމާއި ބޭނުންކުރުމުގެ ނިޒާމެއް ޤާއިމުކުރުމުގެ މަގު ފަހި ކޮށްދިނުމަށް ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ. މީގެ އިތުރުން ޒާތީ މައުލާމާތު ނިސްބަތްވާ މީހުންގެ ހައްގުތަކާއި، މައުލޫމާތު އެއްކުރާ އަދި ޕްރޮސެސްކުރާ ފަރާތްތަކުގެ ޒިއްމާތައް ކަނޑައަޅައި އެ ފަރާތްތައް ރެގިއުލޭޓްކުރުމާއިބެހޭ އުސޫލުތައްވެސް ހަރުދަނާކުރުން ކަމަށް ބަޔާންކޮށްފައިވެ އެވެ.






ކިޔުންތެރިންގެ ހިޔާލު