ENGLISH

11 މޭ 2026

Advertisement

އައިއޯޓީގެ 30 ވަނަ ސެޝަން ފެށިއްޖެ؛ ވަޒީރު ފާހަގަކުރެއްވީ މި ސެޝަނުގެ މުހިއްމުކަން

11 މޭ 2026

|

ފާތުމަތު އަދާ

އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން ގެ 30 ވަނަ ސެޝަން މާލޭގައި ފެށުމުގެ ރަސްމީޔާތުގެ ތެރެއިން/ފޮޓޯ:ޕީއެސްއެމް

އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ 30 ވަނަ ސެޝަން މާލޭގައި ރަސްމީކޮށް ފަށައިފިއެވެ. މި ސެޝަންގައި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކުގެ ވަޒީރުންނާއި،ވަފުދުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ. 

އައިއޯޓީސީގެ 30 ވަނަ އަހަރީ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމެވެ. މި ރަސްމިއްޔާތުގައި މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމުގެ އިތުރުން، އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ބާސެލޯ ނަސަންދުރާގައި ބޭއްވި ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗރ އެންޑް އޯންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް ވަނީ، ދިވެހިންނާއި ކަނޑާ އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލާފައެވެ. އަދި އައްސޭރިފަށުގެ މުޖުތަމައުތަކަށް ދެމެހެއްޓެނިވި މަސްވެރިކަމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރައިސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިޒްގެ ޒައާމަތުގައި ސަރުކާރުން އިސްކަންދެނީ މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށާއި، ސިނާއަތް ޒަމާނީކުރުމަށާއި، މުޅި ރާއްޖޭގެ މަސްވެރި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

‎މިނިސްޓަރުގެ ވާހަކަފުޅުގައި، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުމަހުގެ މަސްވެރިކަން ކުރުމަށް ރާއްޖެއިން ކުރާ ދިގު މުއްދަތުގެ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އަދި ކަނޑުއޮތް މީރުގެ (ޔެލޯފިން ޓޫނާ) އާބާދީ އިތުރުކުރުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށާއި މަސްވެރިކަމުގެ އިސްލާހީ ބަދަލުތަކަށް ރާއްޖެއިން ތާއީދުކުރާކަން ހާމަކުރެއްވިއެވެ.

‎މީގެ އިތުރުން، ސަރަހައްދީ ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން ވަރުގަދަކުރުމަށް ގޮވާލައްވަމުން، މި ސެޝަންގައި ނިންމާ ނިންމުންތަކަކީ ކާނާގެ ރައްކާތެރިކަމާއި، އާމްދަނީ ލިބޭނެ މަގުތަކަށާއި، އިންޑިއާ ކަނޑުގެ މަސްވެރިކަމުގެ މުސްތަގުބަލަށް ސީދާ އަސަރުކުރާނެ ކަންކަން ކަމުގައި މިނިސްޓަރު ޝިޔާމް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު