ENGLISH

11 މޭ 2026

Advertisement

މިދިޔަ ހަފްތާގައި މާލެ ސަރަހައްްދުން 81 މީހުން ހައްޔަރު ކުރެވުނު: ޕޮލިސް

11 މޭ 2026

|

ހަނާން އަހުމަދު ނައީމް

ފުލުހުންގެ މައި އިދާރާ

މިދިޔަ ހަފްތާގައި، 3 މެއި އިން ފެށިގެން 9 މެއި އާ ދޭތެރޭ މާލޭ ސަރަހައްދުން 81 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމީހުންނަކީ، މާލެ ފްރޮންޓްލައިން ޕޮލިސިންގ، ތިލަމާލެ ޕޮލިސް، ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމެންޓް، ހުޅުމާލެ ފްރަންތްލައިން ޕޮލިސިންގ އަދި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑް އިން އެކި އެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ މީހުންނެވެ.

ފުުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 15،000 އަށް ވުރެ ގިނަ މައްސަލަތަކަށް އެޓެންޑްވެފައިވެއެވެ. 

އޭގެތެރޭގައި، ޖުމްލަ 398 މައްސަލަ އަކީ ފުލުހުންނަށް ރިޕޯޓްކުރެވިގެން އެޓެންޑްވެފައިވާ މައްސަލަތަކެވެ. އަދި މި މައްސަލަތަކުގައި ޖުމްލަ 81 މީހަކު ހައްޔަރު ކުރެވިފައިވާ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު