ENGLISH
09 މޭ 2026
ހއ. އަތޮޅުން ޅ.އަތޮޅަށް ހުދު ސަމާލު
09 މޭ 2026
|
ރާއްޖެ ސަރަހައްދުގެ ސެޓެލައިޓް ފޮޓޯ
އެންމެ މަޤްބޫލު
މޫސުން ގޯސްވެ، އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ޅ.އަތޮޅާ ހަމައަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރުނު ސަމާލުގައި ބުނެފައިވަނީ މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވަނީ ބުނެފަ އެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރެވޭގޮތަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށް ލަފާކޮށްފައި ވެއެވެ. އަދި ބައެއް ރަށްތަކަށް ގުގުރުން ވެސް އެކަށީގެންވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހާއްސަކޮށް ކަނޑުދަތުރު ކުރާ މީހުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.