ENGLISH
02 މޭ 2026
މާޗް މަހު ޓްރެފިކް އެކްސިޑެންޓުގެ 240 މައްސަލަ
02 މޭ 2026
|
މަގުމަތީގައި ފުލުހުން ހަރަކާތްތެރިވަނީ-- ފޮޓޯ: އެޓޯލް ޓައިމްސް
އެންމެ މަޤްބޫލު
ހުސްވި މާޗު މަހު އެންމެ ގިނައިން ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުނީ ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުން އާންމުކުރި މިދިޔަ މަހުގެ ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖުމްލަ 874 މައްސަލައެކެވެ. އޭގެ ތެރެއިން އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅާފައި ވަނީ އެކްސިޑެންޓްގެ މައްސަލަތަކެވެ.
މިދިޔަ މަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުވުމަށާއި، ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ. އެގޮތުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުވައި، މަގުމަތީގެ އަދަބުތަކަށް އަހުލުވެރިކުރުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ "ރައްކާ ރޯޑްޝޯ" ގެ ސިލްސިލާ ހަރަކާތްތައް ވެސް މާލެއާއި އަތޮޅުތެރޭގައި އަންނަނީ ކުރިއަށް ގެންދަމުން ނެވެ.
މިއީ އެކްސިޑެންޓްތައް މަދުކޮށް، ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމުގެ ގޮތުން ފުލުހުންގެ އިދާރާއިން ހިންގާ ކެމްޕޭނެކެވެ.
މި ޕްރޮގްރާމަކީ ފުލުހުންގެ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ޑިޕާޓްމަންޓުން އިސްނަގައިގެން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، ކައުންސިލްތަކާއި އަދި އަމިއްލަ ކުންފުނިތަކާ ގުޅިގެން ހިންގާ ހަރަކާތެކެވެ.