ENGLISH

30 އޭޕްރީލު 2026

Advertisement

ކޮންމެ ބުރާސްފަތި ދުވަހަކު ތަރުޖަމާނު ނޫސްވެރިންނާ ބައްދަލުކުރައްވަނީ

30 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފު ޚާއްސަ ޕްރޮގްރާމެއް ފައްޓަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް "ޕްރެސަރ ވިތު ދަ ސްޕޮކްސް" ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމުގެ ފުރަތަމަ ބައްދަލުވުން ބޭއްވީ މިއަދު އެވެ. 

މި ޕްރޮގްރާމް ފައްޓަވައިދެއްވައި ތަރުޖަމާނު ވިދާޅުވީ މި ބައްދަލުކުރެއްވުމުގެ ތެރެއިން ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރެއްވުމުގެ އިތުރުން ނޫސްވެރިން މަސައްކަތް ކުރަމުންދާ ޚަބަރުތަކަށް ސަރުކާރުން ބޭނުންވާ މައުލޫމާތު ހިއްސާކުރައްވާނެ ކަމަށެވެ.

"ތިބޭފުޅުން ފައިލް ކުރަމުންދާ ސްޓޯރީތަކަށް ސަރުކާރުގެ ރައުޔެއް، ނުވަތަ މައުލޫމާތެއްވިޔަސް ނުވަތަ ސްޓެޓިސްޓިކެއްވިޔަސް ނޫނިއްޔާ އަޅުގަނޑުގެ ސައުންޑް ބައިޓެއް ބޭނުންވިޔަސް އަޅުގަނޑު މިއުންމީދުކުރަނީ ތިބޭފުޅުންގެ މަސައްކަތަށް މި ބައްދަލުވުން ވެގެންދާނީ ފަސޭހައަކަށޭ،". ތަރުޖަމާނު ވިދާޅުވި އެވެ.  

ސަރުކާރުގެ މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް "ޕްރެސަރ" ގެ އަޑާއި މަންޒަރު އަދި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ އެންމެފަހުގެ އަދާހަމަ އިންސްޓަގްރާމް އަދި ޓިކްޓޮކް މެދުވެރިކޮށް ހިއްސާކުރައްވާނެ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ. އެގޮތުން، "ދަފީޑް.އެމްވީ" ގެ ނަމުގައި އިންސްތަގްރަމް އަދި ޓިކްޓޮކް އެކައުންޓް ވަނީ މިއަދުގެ ބައްދަލުވުމުގައި ވަނީ އިފްތިތާހުކޮށްދެއްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު